އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާ ލޮނު ގަދަކޮށް ކާނަމަ ލޭގެ ޕްރެޝަރު މަތިވުމާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު!

މާ ލޮނު ގަދަކޮށް ކާނަމަ ލޭގެ ޕްރެޝަރު މަތިވުމާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 56 ސިކުންތު

- އުންމު ނަވާރު -

ލޮނުގައި ގާތްގަނޑަކަށް 40 އިންސައްތަ ސޯޑިއަމް އަދި 60 އިންސައްތަ ކްލޯރައިޑް އެކުލެވިގެންވެއެވެ. ލޮނު އާންމުކޮށް ބޭނުންކޮށް އުޅެނީ ކާއެއްޗެހީގައި ރަހަ ލެއްވުމަށާއި ކާއެއްޗެހި ރައްކާކުރުމަށެވެ. ގިނަ ދުވަހަށް ކާއެއްޗެހި ރައްކާކުރާއިރު ލޮނު އަޅާފައި ހުރުމުން އޭގައި ބެކްޓީރިއާ އަށެގަނެ ފެތުރުން ހުއްޓުވައިދޭނެއެވެ. ލޮނު ހަށިގަނޑަށް ބޭނުންވަނީ މަސްތަކާއި ނާރުތަކުގެ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށެވެ. އަދި ފެނާއި މިނަރަލްސްގެ ބެލެންސް ރަނގަޅަށް ދެމެހެއްޓުމަށްޓަކައެވެ. 

ނަމަވެސް މާގިނައިން ލޮނު ބޭނުންކުރެވޭނަމަ އެކަމުގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކުރެއެވެ. ދުނިޔޭގެ ޞިއްހަތާއި ބެހޭ ޖަމިއްޔާއިން ލަފާ ދެއްވަނީ ބޮޑެތި މީހުން މުޅި ދުވަހުގެ ކެއުމުގައި 5 ގުރާމް ލޮނަށް ވުރެން މަދުން ބޭނުން ކުރުމަށެވެ. އާންމުކޮށް ލޮނު ދަށްވެގެން މައްސަލަ ކުރިމަތި ނުވެއެވެ. މައްސަލަ ދިމާވަނީ ލޮނު ބޭނުން ކުރެވޭ މިންވަރުން ގިނަވެގެންނެވެ. 

މާގިނައިން ލޮނު ބޭނުން ކުރެވޭނަމަ ހަށިގަނޑުން ފެނިދާނެ ބައެއްކަންކަން: 

ލޭގެ ޕްރެޝަރު މަތިވުން : 

ކެއުމުގައި ލޮނު މާގިނައިން ބޭނުން ކުރެވޭނަމަ، އާޓިރިއަލް ޕްރެޝަރަށް އަސަރުކޮށް ވަސްކިއުލާ އެންޑޯތެލިއަމް (އާޓްރީ، ކެޕިލަރީސް އަދި ނާރުތައް ލައިންކުރާ ސެލްތައް) ޑެފެސިޓްވެދެއެވެ. މީގެ ސަބަބުން ލޭ ގަނޑުވުމާއި، ފްލުއިޑް ވޮލިއުމް އަދި ލޭހޮޅިތަކުގެ މަސައްކަތްތަކަށް ނޭދެވޭ އަސަރުކޮށްފާނެއެވެ. ގަވައިދުން މާގިނައިން ލޮނު ބޭނުން ކުރެވޭނަމަ ލޭގެ ޕްރެޝަރު މަތިވުމުގެ ފުރުސަތު ބޮޑެވެ. މިހެން މިދިމާވަނީ ލޮނު ގިނައިން ބޭނުން ކުރުމުން ލޭހޮޅިތަކަށް ކުރާ ނޭދެވޭ އަސަރުންނެވެ.

ލޮނު ގިނައިން ބޭނުން ކުރާ ކޮންމެ މީހަކުގެ ލޭގެ ޕްރެޝަރު މައްޗައް ނުގޮސްދާނެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ލޮނު ގިނައިން އެކުލެވޭ ކާނާ ކާމީހުންގެ ލޭގެ ޕްރެޝަރު މަތިނުވެ ހުރެއެވެ. 

ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވުން : 

ހިތުގެ ބަލިތަކާއި ގިނައިން ލޮނު އެކުލެވޭ ކެއުންތަކާއި ދެމެދު އޮތް ގުޅުމާއި މެދު ގިނަ ދެބަސްވުންތަކެއް އުޅެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ގިނައިން ލޮނު ބޭނުން ކުރުމުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ ލޭހޮޅިތައް ބެދޭ ގޮތްވެ ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ނަމަވެސް ބައެއް ދިރާސާތަކުން ބުނަނީ ލޮނު ގިނައިން ބޭނުން ކުރުމުން ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ނުވާކަމަށެވެ. އޭގެ ބަދަލުގައި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދަނީ ލޮނު މަދުން ކެއުމުގައި ހިމެނުމުން ކަމަށެވެ. 

މި ދިރާސާތަކުގައި ނަތީޖާގެ ތަފާތު ބަޔާންކުރުމަށްޓަކައި ދިރާސާ ކުރުމަށް ކުރެވުނު ޑިޒައިންތަކުގައި ހުރި ތަފާތު ދެނެގަނެ އަދި ދިރާސާގެ ބައިވެރިން ސޯޑިއަމް ބޭނުންކުރާ މިންވަރު އަންދާޒާ ކުރުމަށްޓަކައި ބޭނުން ކުރެވުނު ގޮތްތަކުގެ ތަފާތު ދެނެގަތުން މުހިއްމުއެވެ. އަދި ދިރާސާގެ ބައިވެރިންގެ ބަރުދަނާއި ލޮނުގެ ސެންސިޓިވިޓީ މިންވަރާއި އަދި ބައިވެރިންނަށް ދިމާވެދާނެ އެހެނިހެން ސިއްހީ މައްސަލަތަކުގެ ތަފާތުވެސް ދެނެގަތުން މުހިއްމުއެވެ. 

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ. 

ލިޔުނީ: އުންމު ނަވާރު

މަސްދަރު

Petre, A. (2020) What happens if you eat too much salt?, Healthline. Available at: https://www.healthline.com/nutrition/what-happens-if-you-eat-too-much-salt#overdose.

Salt and sodium (2023) The Nutrition Source. Available at: https://www.hsph.harvard.edu/nutritionsource/salt-and-sodium/.

What happens if I eat too much salt? (no date) FitnessGenes®. Available at: https://www.fitnessgenes.com/blog/salt-intake-and-health.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް