އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޚަކު ސަލާމަތްކުރަން ނަމަވެސް ދޮގުހެކިދީފި މީހަކަށް އެންމެ ބޮޑު އަނިޔާވެރިއެއްގެ ޢަޛާބް ދެއްވަވާނެ!: މުފްތީ މެންކް

އަޚަކު ސަލާމަތްކުރަން ނަމަވެސް ދޮގުހެކިދީފި މީހަކަށް އެންމެ ބޮޑު އަނިޔާވެރިއެއްގެ ޢަޛާބް ދެއްވަވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ދޮގުހެކި ދިނުމާއި ހެކިބަސް ދޭންޖެހޭ ޙާލަތުގައި ހެކިބަސް ނުދިނުން ﷲ ތައާލާ ލައްވަވާފައިވަނީ އެންމެ ބޮޑަށް އަނިޔާވެރިވުންކަމުގައެވެ. އެއީ އެކަމުގެ ސަބަބުން އެހެން މީހެއްގެ ޙައްޤުތައް ގެއްލިގެންދޭތީއެވެ. އެކަމުގެ ސަބަބުން އެހެން މީހަކަށް އަނިޔާ ލިބިދާނެތީއެވެ.

ނަމަވެސް ހެކިބަސް ދޭންޖެހުމުން މީހާގެ މޫނަށް ބަލައި ހެކިބަސް ނުދީ އެބަތިބެއެވެ. ނުވަތަ އެއްވެސް ޖެހިލުމެއް ނެތި ދޮގުހެކިވެސް އެބަދެއެވެ.

މިފަދަ ޢަމަލެއް އެއްވެސް މީހަކަށް ކުރެވިފައިވާނަމަ އަވަހަށް އޭނާގެ ކިބައިން ާފދަށް އެދި ދުނިޔޭގައި އެކަން ޙައްލުކުރާށެވެ! ނޫންނަމަ ޤިޔާމަތް ދުވަހުން އެކަމާއިކުރިމަތިލާންޖެހޭނެއެވެ. އެކަމަށް ޙައްޤު ބަދަލުދޭންޖެހޭނެއެވެ.

އިސްލާމީ ޝަރީޢަތް ބިނާވެފައިވަނީ ހެކިބަހުގެ މައްޗަށެވެ. ވީމާ ހެކިބަސްނުދީ އިންޞާފް ޤާއިމެއް ނުކުރެވޭނެއެވެ. މުޖުތަމައުގައި ހަމަޖެހުމެއްވެސް ނުއޮންނާނެއެވެ! ވީމާ ހެކިބަސްދޭންޖެހެނީ ތިމާގެ ކިތަންެ ގާތ މީހަކާއި ދެކޮޅަށް ނަމަވެސް ތެދުބަހުން ހެކިބަސްދޭށެވެ! އެއީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ.

"އަނިޔާވެރިންނަށް ﷲ ތައާލާ ރަޙްމަތް ނުލައްވާނެތެވެ. ޙަޤީޤީ އުފާވެރިކަމެއްވެސް އަދި ކުރިއެރުމެއްވެސް ނުދެއްވަވާނެތެވެ!" މިއީ ޔަޤީންކަންކަމެވެ. ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން މިކަންކަން އެނގެން އެބައޮތެވެ! ވީމާ ހެކިބަސް ނުދީ، އަދި ދޮގުހެކިދީގެން ތިބާއަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް