އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑައިރު ދަރިންނަށް ނުބައި އެއްޗެތިގޮވައި އަނިޔާކުރާނަމަ ފަހުން ހިތާމަކުރަންޖެހުން އޮންނާނީ ވަރަށް ގާތުގަ!

ކުޑައިރު ދަރިންނަށް ނުބައި އެއްޗެތިގޮވައި އަނިޔާކުރާނަމަ ފަހުން ހިތާމަކުރަންޖެހުން އޮންނާނީ ވަރަށް ގާތުގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ޚިޔާލަށް ގެންނާށެވެ! ދަރިން ކުޑައިރު ކުރެވޭ ކަންކަމާއި ގުޅިގެން ރުޅިއައިސް އެކުދިންނަށް ހަޑިހުތުރުބަހުރުވައިން އެއްޗެތި ގޮވައި ތަޅައި ޖިސްމާނީ އަނިޔާތައްވެސް ކުރަނީއެވެ. އެކުދިން ބޮޑެތިވެ މައިންބަފައިންނާއި ވަކިން ދިރިއުޅެނީއެވެ.  

މައިންބަފައިން މުސްކުޅިވީއެވެ. ބަލިކަށިވީއެވެ. ދަރިންގެ އެހީތެރިކަމަށް ބޭނުންވީއެވެ. މިސްކިތަށްގޮސް ނަމާދުކުރަންފެށީއެވެ. ދުޢާކުރަންފެށީއެވެ. ދަރިންގެ ލޯތްބަށް އެދިގެންވެސް ދުޢާކުރަން ފެށީއެވެ.  

ދީނުގައި އޮތީ މައިންބަފައިން ކޮންމެ ގޮތަކަށް ކަންކަން ކޮށްފައިވީނަމަވެސް އެމީހުންނަށް މާފުކޮށް ހެޔޮކޮށް ހިތުމަށެވެ. އެއީ ދަރިންގެ މައްޗަށް ވާޖިބު ކަމެކެވެ. ނަމަވެސް ވިސްނާލަން ޖެހޭނެކަމަކީ ހުރިހާ ކުދިންނަކީ ދީނުކުގެ ޙުކުމްތަކަށް އެއްވަރަކަށް ޢަމަލުކުރާނެ ބައެއް ނޫންކަމެވެ. ވީމާ މައިންބަފައިންނަށް މާފުކުރުމުގައިވެސް ފަސްޖެހޭނެ ދަރިން ތިބޭނެ ކަމެވެ.  

މައިންބަފައިންނަށް ބުނެލަން ބޭނުންވަނީ މުސްކުޅިވެ ބަލިކަށިވާނެކަން އެންމެކުރިންވެސް ވިސްނަންވާނެއެވެ. ދަރިން އިޞްލާޙްކުރަން ކަންކަން ކުރަންވާނީ އެކުދިންނަށް ފައިދާހުރި ގޮތުގައެވެ. ބުނަންވާނީ ހެޔޮ ބަސްތަކެވެ. އޯގާތެރިކަމާއިއެކުގައެވެ. އަދަބުދޭންޖެހޭނީވެސް އެކުދިންނަށް އަނިޔާނުވާ ގޮތަށެވެ. އެއިރުން ކުދިން ބޮޑެތިވުމުން މައިންބަފައިން އަދަދިނީތީ އުފާކޮށް ޝުކުރުވެރިވެސްވާނެއެވެ.  

ދަރިންނަށް ބުނެލަން އޮތީ މައިންބަފައިން ކޮންމެ ގޮތަކަށް ކަންކަން ކޮށްފައިވީނަމަވެސް އެކަން ހަނދާނުގައި ނުބަހައްޓާށެވެ! އެހީތެރިކަން ނުލިބިގެން ދެރަވެ ކަރުނައަޅަން ނުޖައްސުވާށެވެ. އެކަމުން ތިއަކުދިންނަށް ޤިޔާމަތް ދުވަހު ލިބެން އޮތް ގިނަގުނަ ޘަވާބު ދޫކޮށްނުލާށެވެ!  

މިކަންކަމަކީ މައިންބަފައިންވެސް އަދި ދަރިންވެސް ވިސްނައިލުން މުހިންމު ކަންކަމެވެ. އިސްލާމް ދީނަށް ޢަމަލުކުރުމަކީ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް