އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިލްމީ ބޭފުޅުން ދިރާސާއެއް ހަދައި، ގައުމަށް އެންމެ ފައިދާހުރި ކެންޑިޑޭޓަކީ ކާކުތޯ ބުނެދޭން ޖެހޭ: ޤާސިމް އިބްރާޙީމް

އިލްމީ ބޭފުޅުން ދިރާސާއެއް ހަދައި، ގައުމަށް އެންމެ ފައިދާހުރި ކެންޑިޑޭޓަކީ ކާކުތޯ ބުނެދޭން ޖެހޭ: ޤާސިމް އިބްރާޙީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

އިލްމީ ބޭފުޅުން ދިރާސާއެއް ހަދައި، ގައުމަށް އެންމެ ފައިދާހުރި ކެންޑިޑޭޓަކީ ކާކުތޯ ބުނެދޭން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެވެ.

"ޤާސިމްގެ ތަސައްވަރު 2023" ގެ ނަމުގައި މީޑިއާތަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޤާސިމް ވިދާޅުވީ ގައުމުގައި ތިބި "އިންޓެލެކްޗުއަލް" (އިލްމީ ގޮތުން ކުރިއަރާ، ދުނިޔެއަށް ލޯ ހުޅުވިފައިވާ) ބޭފުޅުން ނުކުމެ، ދިރާސާއެއް ހަދައި، ގައުމަށް އެންމެ ފައިދާހުރި ކެންޑިޑޭޓަކީ ކާކުތޯ ދިވެހި ރައްޔިތުންނަށް ބުނެދޭން ޖެހޭކަމަށެވެ. އަދި މިއީ އެފަދަ ބޭފުޅުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަން ޤާސިމް ފާހަގަކުރެއްވިއެވެ.

"ވެރިކަން ވިޔަސް އަދި އެހެންކަމެއް ވިޔަސް. ތިބޭފުޅުންނަށް އޮތް ގާނޫނީ ހައްގެއް އެއީ ވޯޓުލުމަކީ. އެކަމަކު ވޯޓުލާއިރު ވިސްނާވަޑައިގަންނަވާ، ތިމާމެން ވޯޓު މި ލަނީ ކާކަށްތޯ؟ ކޮން ފެންވަރެއްގެ ކަންތައްތަކެއް އޭނާގެ މާޒީގައި ކޮށްފައިވާ މީހަކަށްތޯ؟ ކޮންފަދަ އެޗީވްމަންޓެއް ހޯދާފައިވާ މީހަކަށްތޯ؟ އަމިއްލަ ހައިސިއްޔަތަކުން ދިވެހި ރައްޔިތަކަށް ވެދީފަ އޮތް މަދަދަކަށް ވިޔަސް އެހީތެރިކަމަކަށް ވިޔަސް، އޭނާ ކްރިއޭޓް ކޮށްފައިއޮތް ކަންތައްތަކަކަށް ވިޔަސް، ކޮން ކަމެއް ކިހިނެއް ކޮށްފައޮތް ކާކުތޯ؟ މިއަދުގެ އިންޓެލެކްޗުއަލް ބޭފުޅުން ނުކުމެ، އޮޑިޓެއް ކޮށްލައްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން، ކޮށްފައިއޮތީ ކޮންކަހަލަ ކަންތައްތަކެއްތޯ އެއީ ކާކުތޯ. އިންޓެލެކްޗުއަލް ބޭފުޅުން މި ޒިންމާ އަދާކުރައްވަން މަޖުބޫރު އެބަވޭ މިހާރު އިނގޭތޯ. ދިވެހި ރައްޔިތުންނަށް އެބޭފުޅުން އެބަ ވިދާޅުވާން ޖެހޭ، މިއޭ ރަނގަޅު ކެންޑިޑޭޓަކީ". ޤާސިމް އިބްރާޙީމް ވިދާޅުވިއެވެ.

އެކި ދާއިރާތަކުން ގައުމަށް ޚިދުމަތްކޮށްދޭން އެތައް ޝަހުސިއްޔަތުންތަކެއް ބިނާކޮށްދެއްވުމަށް ބޮޑު އެހީތެރިކަމެއް ވެދެއްވާފައިވާ ޤާސިމް އަކީ، މި ގައުމުގައި އިލްމީ ޤާބިލް ޒުވާނުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. 

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓު ވަނީ ޤާސިމް އިބްރާޙީމް އަށް އަރުވާފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު