އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޭތެރޭގެ މަސައްކަތްތައް ބުރަވެ ފުނިޖެހޭނަމަ-- ނިކަން މިގޮތް ތަޖުރިބާކޮށްލަބަލަ-

ގޭތެރޭގެ މަސައްކަތްތައް ބުރަވެ ފުނިޖެހޭނަމަ-- ނިކަން މިގޮތް ތަޖުރިބާކޮށްލަބަލަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

މިހާރަކަށް އައިސް ގިނަ ކަނބަލުންގެ ޝަކުވާއަކަށް ވެފައި އޮންނަނީ ގޭތެރޭގެ މަސައްކަތް ބުރަވެގެންދާ ކަމުގެ ޝަކުވާއެވެ. ގޭތެރޭގެ މަސައްކަތްތައް ނުކުރެވި މަސައްކަތްތައް ފުނި ޖެހިގެން ގޮސް ނޭފަތުން ނޭވާލާން ވަގުތުވެސް ނުވާ ކަމުގެ ޝަކުވާއެވެ. އަދި އެހާ ބުރަކޮށް އުޅެން ޖެހޭތީ މުސްކުޅި މައިން ބަފައިންނަށް ހިދުމަތް ކޮއްދެންވީމަ ވެސް އެކަމުގައި ހުރި ބުރަދަނުގެ ޝަކުވާއެވެ. 

ނިކަން ވިސްނާލައި ބަލާށެވެ. އަޅުގަންޑުމެންގެ ޒަމާނަށް އަންނަމުން މިދާ ބަދަލާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިގެން ގޮސް މަސައްކަތްތައް ކިހާ ލުއި ފަސޭހަ ހެއްޔެވެ. އެންމެ ކުޑަ ކަމަކަށް ބާޒާރު ކޮއްލަންވެސް ބޭރަށް ދާން ނުޖެހޭހާ ދިރިއުޅުން ފަސޭހައެވެ. ގޭގަ ސޯފާމަތީ އަރާމުގައި އިނދެ ވިޔަފާރި ކޮއްލެވެ އެވެ. 

ގޭތެރޭގެ މަސައްކަތް ލުއިވެގެން ދާނެ އެތައް ކަރަންޓު ސާމާނެއް ގޭގައި ހުރެއެވެ. ފިނި ކުރަން ވީމައި ކާބަފައިން ފަތްޖެހި އެނދު ހިފައިގެން ފަންނަށް ގޮސް އުޅުނު ޒަމާން ވެސް ހިނގައްޖެއެވެ. މިޒަމާނު ގޭތެރޭ ތިބޭނީ އެއާރ ކޮންޑިޝަނާރ ގެ ފިނި ކަމުގައެވެ. ކިތަންމެ ހޫނު ވިޔަސް ނޭނގޭނެއެވެ. 

ލޮބުވެތި އުހުތާއެވެ. މިހުރިހާ ފަސޭހަތަޖާއެކު ވެސް ތިބާއަށް ތިބާގެ ދުނިޔަވީ މައްސޫލިއްޔަތުތައް ތިޔަވަނީ ބޮޑު ބުރައަކަށް ވެފައެވެ. ތިޔަ އުޅެނީ އަވަދިނެތިއެވެ. ބުރަވެގެން ގޮސް އަމިއްލަ ނަފުސު ދެކެ ރުޅި އާދެވި ދަރިން ދެކެ ރުޅި އާދެވި މައިން ބަފައިންނާ ދިމާލަށް ވެސް ބަސް ބަސް ބުނެވޭތަން އާދެ އެވެ. 

މިހުރިހާ ކަމަކަށް އޮތް ހައްލު ބުނަން ހެއްޔެވެ. ނިކަން ފަތިސް ނަމާދު ކޮއްލައިގެން ތިބާގެ ދުނިޔަވީ މަސްއޫލިޔަތުތކާއިގެން އަވަސްވެ ގަންނާށެވެ. އެހާރުން ތިބާގެ ތިޔަ މަސައްކަތްތައް ފުނި ޖެހިފައި ނުހުންނާނެއެވެ. އަދި މަސައްކަތްކޮށް އެހީވެދީ ހަދާ އުމުރުގެ ދަރިން ތިބި ނަމަވެސް އެދަރިން ނިދަން ނުބާއްވައި ފަތިހު ނަގައިގެން އެކުދިންނަށް ކުރެވޭ ވަރުގެ ކަންކަން އެކުދިންނާއި ވެސް ޖައްސާށެވެ. އެކުދިންވެސް އެގޮތަށް ފަރިތަ ކުރުވަންވާނެއެވެ. 

މިގޮތުގައި ދުވަސްކޮޅަކު ހިފަހައްޓާފައި މިކަމުގެ ހުރި ލުއި ފަސޭހަ ތަޖުރިބާ ކޮށްލާށެވެ.

މާތް ﷲ އެއްވެސް އަޅަކަށް އެ އަޅަކަށް ނުއުފުލޭނެ ވަރުގެ ބުރައެއް ނުޖައްސަވާނެކަން ގަބޫލްކޮށް ދިރިއުޅުމުގެ ކަންކަން ހިނިތުން ވުމާއެކު ކުރިއަށް ގެންދާށެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް