އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރިހާ ދަރިވަރުންވެސް އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވެ، ހިތްވަރާއެކު ޢިލުމު އުނގެނުމަށް މަސައްކަތް ކުރަން ޤާސިމް އެދިވަޑައިގެންފި!

ހުރިހާ ދަރިވަރުންވެސް އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވެ، ހިތްވަރާއެކު ޢިލުމު އުނގެނުމަށް މަސައްކަތް ކުރަން ޤާސިމް އެދިވަޑައިގެންފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ހުރިހާ ދަރިވަރުންވެސް އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވެ، ހިތްވަރާއެކު ޢިލުމު އުނގެނުމަށް މަސައްކަތް ކުރަން، ދިވެހި އެތައް ހާސް ދަރިވަރުންނަށް ޢިލްމު އުނގަންނަވައިދެއްވާފައިވާ ވިލާ ފައުންޑޭޝަންގެ ބާނީ ޤާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ. 

ދިވެހި ދަރިވަރުންނަށް ޢިލްމް އުނގަންވައިދެއްވުމުގައި ޤާސިމް އިބްރާހީމް ވަނީ ޤައުމީ ރެކޯޑެއް ހައްދަވައިފައެވެ. އެއީ އެންމެ ގިނަ ދަރިވަރުންނަށް އެމަނިކުފާނުގެ އެހީތެރިކަމުގައި މަތީތަޢްލީމް އުނގަންނަވައި ދެއްވުމުގައެވެ. ރާއްޖޭގައި މަތީ ތަޢްލީމް ޙާޞިލްކޮށްގެން ތިބި ދަރިވަރުންނަށް ބަލައިފިނަމަ އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. 

"މިއަދު މިފެށުނު ދިރާސީ އާ އަހަރަކީ، ރާއްޖޭގެ އެންމެހާ ދަރިވަރުންނާއި، މުދައްރިސުންނާއި، ސްކޫލުތަކާއި، އުނގަންނައިދޭ އެންމެހާ މަރުކަޒުތަކަށް ކާމިޔާބު ފާގަތި އަހަރެއްކަމުގައި ލައްވާށިއެވެ. ތަޢުލީމީ އާ އަހަރު އެންމެހާ ދަރިވަރުން ގަދައަޅާ މަސައްކަތް ކުރަންވީ އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވެ، ހިތްވަރާއި އެކު ޢިލުމު އުނގެނުމުގައި ގަދަ ހިތްވަރު ކުރުމަށެވެ. الله ތަޢާލާ ތިޔަ އެންމެހާ ދަރިވަރުންނަށް ކާމިޔާބާއި ފަލާހް މިންވަރުކުރައްވާށިއެވެ." އާމީން 

- ޤާސިމް އިބްރާހީމް / ވިލާ ފައުންޑޭޝަންގެ ބާނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު