އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 38 ސިކުންތު
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޛިކުރުކުރުމާއި ދުޢާކުރުމަކީ އެއްކަމެއް ކަމަށެވެ. ނަމަވެސް އެއީ ތަފާތު ދެކަމެކެވެ.
ޛިކުރު ކުރުން:
ޛިކުރު ކުރުމަކީ ﷲގެ ނަންފުޅު ގަތުމެވެ. އެއިލާހު ހަނދުމަ ކުޅައުމެވެ. އެއިލާހަށް ޙަމްދު ކުޅައުމެވެ. ހަމައެހެންމެ ކީރިތި ރަސޫލާ ޝައްލަﷲ ޢަލައިހި ވަސައްލަމައަށް ޞާލަވާތް ކިޔެވުމަކީވެސް ޛިކުރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެންމެ މަތިވެރިވެގެންވާ ޛިކުރުކުރުމަކީ ޤުރްއާން ކިޔެވުމެވެ.
މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ.
]فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ[
މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ! (ބަޤަރާ: 152)
2 ދުޢާ ކުރުން:
މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ.
]وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ [
މާނައީ: އޭ މީސްތަކުންނޭވެ! ތިމަން އިލާހަށް އަޅުވެތިވެ ތިބެ ޝުކުރުވެރިކަމާއި ކިޔަމަންތެރިކަމާއެކު ދުޢާ ދަންނަވާށެވެ! ތިމަން އިލާހު ތިޔަބައިމީހުންގެ ޢަމަލުތައް ބައްލަވައި ވޮޑިގަންނަވަމެވެ. އަދި ރަޙްމަތުގެ ބެއްލެވުމަކުން ބައްލަވައި ވޮޑިގަތުމާއެކު ތިޔަބައިމީހުންގެ ފާފަ ފުއްސަވައި ދުޢާ ޤަބޫލު ކުރަށްވާހުށީމެވެ. ދެންނެވުމާއި މުރާދުތައް ފުއްދަވައި ދެއްވާހުށީމެވެ. (އަންފާލު: 33)
ޚުލާޞާ: ޛިކުރުކުރުމަކީ ﷲ ތަޢާލާ ހަނދުމަކުރުމެވެ. ﷲ ތަޢާލާ މަތިވެރިކުރުމެވެ. ދުޢާކުރުމަކީ އެމީހަކު އެދޭ ކަމެއް ހިންމަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ.
ވީމާ ކަމަކަށް ބޭނުންވުމުން ތިމާ ޛިކުރުކުރާތީ ދުޢާނުކޮށް ހުރުމެއް ނެތެވެ. ޛިކުރުކުރުމުން އެމީހަކަސް ދެއްވަވާ ޘަވާބާއި ދަރުމައާއި ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ ހަމައެފަދައިން ދުޢާކުރުމުން އެމިހާގެ ބޭނުންތައް ފުއްދަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
9 އޮގަސްޓް 2023