އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ ބައަކު ނަމާދުނުކުރާ، ޖަމާޢަތަށް ނުދާ ސަބަބު އެނގޭހެއްޔެވެ؟ ކޮންމެ މީހަކުވެސް ޢާއިލާ ސަލާމަތްކުރަން މަސައްކަތް ނުކޮށްފި ނަމަ ފޭލްވީ!

ގިނަ ބައަކު ނަމާދުނުކުރާ، ޖަމާޢަތަށް ނުދާ ސަބަބު އެނގޭހެއްޔެވެ؟ ކޮންމެ މީހަކުވެސް ޢާއިލާ ސަލާމަތްކުރަން މަސައްކަތް ނުކޮށްފި ނަމަ ފޭލްވީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ޝައިޠޯނާ މީހަކު މަގުފުރައްދަން ބޭނުންވުމުން އައިސް ފުރަތަމަ ބުނާނީ ފާފައެއް ކުރާކަށް ނޫނެވެ. ނަމާދު ނުކުރުމަށެވެ. އެއީ ނަމާދުކުރުން ހުއްޓުވައިލެވިއްޖެނަމަ އެމީހެއްގެ ހިތަށް ވެރިވެގަންނަން ފަސޭހަވާނެތީއެވެ.

ދުނިޔޭގެ އާބާދީގައި 2 ބިލިއަން މުސްލިމުން ތިބިނަމަވެސް ނަމާދުކުރާ މީހުންގެ އާބާދީ މިހައި ަމދުވެގެން މިއުޅޭ ސަބަބަކީ އެއީއެވެ. އެމީހުންގެ ސިކުނޑިތަކުގައި ޝައިޠޯނާ ވަކިހިއްޕާލާފައިވާތީއެވެ.

މިފިޔަވަހީގައި ޝައިޠޯނާއަށް ކާމިޔާބުނުކުރެވޭ ބައަކު ތިބޭނެއެވެ. އެއީ ނަމާދުކުރަން އާދަވެފައި ތިބި މީހުންނެވެ. އެމީހުންގެ ބޮލަށް ވަސްވާސްދޭނީ ނަމާދު ލަސްކޮށްލުމަކީ މައްސަލައެއް ނޫން ކަމަށެވެ. ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ކޮށް ނިންމާފައި ނަމާދުކުރިނަމަވެސް އެންމެ ރަނގަޅުވާނެއެވެ.

ނަމާދުކުރާ މީހުންގެ ތެރެއިންވެސް ޖަމާޢަތުގައި ނަމާދުނުކުރާ މީހުން ގިނަވެފައި އަދި އިރު އެރުމުން ނޫނީ ފަތިސްނަމާދު ނުކުރެވޭ މީހުން މިހައި ގިނަވެގެން މިއުޅެނީ މިބުނި ފަދައިން ޝައިޠޯނާގެ ދެވަނަ ދަންތުރައިގައި ޖެހެވޭތީއެވެ.

އަހުރެން މިހެން ބުނީތީވެސް ކޮންމެ މީހަކުވެސް ނިކަން އެމީހެއްގެ އަމިއްލަ ޢާއިލާގެ ކަންކަން ނަމާދުކުރުމާއިމެދު ހުރިގޮތް ނިކަން އޮޑިޓްކޮށްލައިބަލާށެވެ! މިބުނި ކަންކަން ފެނިގެންދާނެއެވެ. ވީމާ ކޮންމެ މީހަކުވެސް އެމީހަކާއި އެމީހެއްގެ ޢާއިލާ މިޙާލަތުން ސަލާމަތް ކުރެވޭތޯ ވަރުގަދައަށް މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. އެކިވަރުގެ ކެންޕޭނުތައް ކުރަން އެބަޖެހެއެވެ. ނޫންނަމަ ﷲ ތަޢާލާ އަންގަވާފަދައިން މަސްއޫލިއްޔަތު އަދާކުރެވުނު މީހަކު ކަމަކަށް ނުވާނެ ނޫން ހެއްޔެވެ؟

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް