އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިދާ ހޭލާއިރު ގައިގަ ވަކިއަޅާގޮތަށް ފާހަގަލެވިފަ ހުންނަނީ ޝައިޠޯނާ ގައިގަ އަތްލާތީ! ޙައްލު ހޯދަން ކުރެވިދާނެ ބައެއް ކަންކަން!

ނިދާ ހޭލާއިރު ގައިގަ ވަކިއަޅާގޮތަށް ފާހަގަލެވިފަ ހުންނަނީ ޝައިޠޯނާ ގައިގަ އަތްލާތީ! ޙައްލު ހޯދަން ކުރެވިދާނެ ބައެއް ކަންކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

އަޅުގަނޑުގެ ދައްތަ އަކީ ވަރަށް ދޮން އަންހެނެކެވެ. ނިދާހޭލާއިރު ބަނޑުގަ ވަކިއަޅާހެން ފާހަގަތަކެއް ހުންނަ މައްސަލަ ވަރަށް ގިނައިން ދިމާވެއެވެ. އެއްވެސް ކަމެއް ނުކުރިޔަސް އަމިއްލައަށް ފިލައިގެންވެސްދެއެވެ. ބައެއް މީހުން ބުނަނީ އެއީ ޖިންނި ކުރާ ކަމެކޭ، އެހެންވީމާ އެކަމަށް ޙއްލެއް އެނގިލައްވާތޯ؟  

ކިޔުންތެރިޔާ ތިއަ ފާހަގަކުރެއްވީ ގިނަ ބައަކަށް ދިމާވާ މައްސަލައެކެވެ. ތިރީގައިވާ ލިޔުމުން އެކަމަށް ޙައްލެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ބައެއް މީހުންނަށް ނިދީން ހޭލެވޭއިރު ގައިގަ ވަކިއަޅާފައި ހުންނަ ފަދަ ގޮތަކަށް ފާހަގަލެވިފައި ހުރެއެވެ. އެގޮތަށް ލެވޭ ފާހަގަތައް އަމިއްލައަށް ފިލަންވެސް ފިލައެވެ. މިގޮތަށް ފާހަގަލެވެނީ ނިދީގައި ގައިގައި ޝައިޠޯނާ ބީހޭތީކަމަށް ބައެއް ޢިލްމުވެރިން ބަޔާންކުރައްވައެވެ. 

ގިނަ ފަހަރަށް އެކަން ދިމާވަނީ ސިހުރެއް ނުވަތަ އެސްފީނާއަކުންނެވެ. ނަމަވެސް ތިމާއަށް ޝައިޠޯނާއަށް ކުރެވޭ ގޯނާއެއްގެ ސަބަބުންވެސް އެގޮތަށް މެދުވެރިވެދާނެއެވެ. ވީމާ އަތްވީއްލައި އެއްޗެތި އުކުމާއި ބިންމައްޗަށް ކުޅުޖެހުމާއި ސިގިރޭޓްބުރި އެއްލައިލުން ފަދަ ޢަމަލުތައްކުރާއިރު އަޢޫޛް ކިޔައި ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބިގަންނާށެވެ! 

ހަމައެއާއިއެކު ފަރުޟު ނަމާދުތަކަށް ރައްކައުތެރިވެ ނިދުމުގެކުރިން ކިޔަންޖެހޭ ޛިކުރުތައް ކިޔައިގެން ނޫނީ ނުނިދާށެވެ! ޚާއްޞަކޮށް އާޔަތުލްކުރުސި ކިޔަވާށެވެ! ފަރުޟު ނަމާދުތައް ކުރަމުން އާޔަތުލްކުރުސި ކޔަވައިގެން ނިދާ މީހެއްގެ ގައިގައި ޝައިޠޯނާއަށް އަތެއް ނުލެވޭނެއެވެ. އިން ޝާ ﷲ 

"ނިދީގަ ބިރުވެރި އެއްޗެއް އައިސް ގައިގަ ހިފަނީއެވެ. ކޮންމެ ރެއަކުވެސް ނިދިން ހޭލެވެނީ އެ އެއެތި ފެނިގެންނެވެ. އެ ޙާލަތުގައި ކަންތައް ކުރާނީ ކިހިނަކުންތޯއެވެ؟"

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ވައަތް ފަރާތަށް ހިކިކުޅު ޖަހާފައި 3 ފަހަރު ޖަހާފައި أعوذ بالله من الشيطان الرجيم ކިޔާށެވެ! ދެން ކުރިން ނިދަން އޮތް ފަޅި ނޫން އަނެއް ފަޅިއަށް އެނބުރި ނިދާނީއެވެ."

ނިދީގައި ބިރުވެރި ހުވަފެން ފެނިގެން ހޭލެވޭނަމަ ކުރުސި ކިޔުމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ.

(ކުރުސި ކިޔަވައިގެން ނިދައިފި މީހާ ހޭލަންދެން އެމީހާގެ ޙިމާޔަތުގައި މަލާއިކަތު ބަހައްޓަވައި ދެއްވަވާނެ ކަމަށް ޙަދީޘްފުޅުގައި އޮވެއެވެ. އެހެންކަމުން ކުރުސި ކިޔަވައިގެން ނިދުމަކީ ވެސް މިބާވަތުގެ ކަންކަމުން ސަލާމަތްވުމަށް އޮތް މަގެއް ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވައެވެ.)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް