އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާގެ ލޮލުން ﷲ ތަޢާލާގެ ޛާތުފުޅު ދެކެން ބޭނުން ހެއްޔެވެ؟

ތިބާގެ ލޮލުން ﷲ ތަޢާލާގެ ޛާތުފުޅު ދެކެން ބޭނުން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ދުނިޔޭގައިނ ހުރެ ކިތަންމެ ބޮޑަށް ބޭނުންވިނަމަވެސް އެއްވެސް މީހަކަށް ﷲ ތަޢާލާ ގެ ޛާތުފުޅެއްނުފެންނާނެއެވެ. މޫސާގެފާނު އެކަމަށް އެދިވަޑައިގަތުމުން ކަންކަންވީގޮތުގެ ވާހަކަ ކީރިތި ޤުރްއާނުގައިވަނީ މިފަދައިންނެވެ.

" ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް މޫސާގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް ވަޙީ ކުރެއްވިހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ޛާތުފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ ވަޙީ ކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ޛާތުފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ. އެހެނެއްކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ!

ފަހެ، އެ ފަރުބަދަ، އެހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ޛާތުފުޅު ފެނިވަޑައިގެންފާނެތެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ފަރުބަދަޔަށް ތަޖައްލީ ވެވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ.

އަދި މޫސާގެފާނު، ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އިބަރަސްކަލާނގެއަށް ތިމަންއަޅާ ތައުބާ ވެއްޖައީމެވެ. އަދި އީމާންވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ."

(އަލްއަޢްރާފް: 143)

ސައިންސްވެރިންނާ ޑޮކްޓަރުން ބުނަނީ އިންސާނާ ދެކެން އެންމެ ބޭނުންވާ ކަންކަން ފެންނަނީ ލޮލަށް ނޫންކަމަށާއި ހިތަށް ކަމަށެވެ! އަހަރެން ބުނާނީ ﷲ ތަޢާލާ އަހަރެމެންގެ ލޮލަށް މިދުނިޔޭގައި ނުފެންނަނީ އެހެންވެގެން ކަމަށެވެ! ލޮލުން އެންމެ ބޮޑަށް ދެކެން ބޭނުންވަނީ ﷲ ތަޢާލާ ކަމުގައިވާތީ ކަމަށެވެ!

ﷲ ތަޢާލާގެ ސިފަފުޅު މިއަދު ހިތަށް ތަޞައްވަރުކުރަން މަސައްކަތްކުރާށެވެ! ސުވަރުގެ ވަދެވި ﷲ ތަޢާލާގެ ދީދާރުފުޅު ފެންނާނެ މީހަކު ކަމުގައިވުމަށް މަސައްކަތްކުރާށެވެ! ޙަޤީޤީ ކާމިޔާބު ހާޞިލުކުރެވޭނެ މީހުންނަކީ އެއީ އެވެ.

އެކަން ޙާޞިލުކުރަން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ހިތުގައި އީމާންކަން ވަރުގަދަކުރުމެވެ. ހިތުގައި އީމާންކަން ވަރުގަދަކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރު ނިކަންދެކިބަލާށެވެ! ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވި މީހުންނާއިމެދު ޤިޔާމަތްދުވަހު ﷲ ތައާލާ ފަޚުރުވެރިވެވޮޑިގެން ބަސްފުޅު ވަޙީކުރައްވަވާނެތެވެ. އެކަން އިޢުލާނުކުރައްވަވާނެތެވެ. އެއީ އެމީހުންގެ ލޮލަށް ﷲ ތަޢާލާ ފެނުމަކާއި ނުލައި ﷲ ތަޢާލާއަށް އީމާންވީތީއެވެ. ޝަރީކުނުކުރީތީއެވެ.

މީސްތަކުންނޭވެ! އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ޝަރަފަކީވެސް އެންމެ މަތިވެރި ދަރަޖައަކީވެސް އެންމެ ބޮޑު އުފަލަކީވެސް އެމީހަކާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެ ވޮޑިގަންނަވާ އަޅަކު ކަމުގައިވުމެވެ. އީމާންކަން ވަރުގަދަކޮށް އެފަދަ މީހަކު ކަމުގައި ވެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ކާމިޔާބުކުރެވޭނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް