އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާއަށް މާޒީގަ ކުރެވިފައިވާ ފާފައެއްގެ ވާހަކަ އެއްވެސް މީހަކާ ހިއްޞާ ނުކުރާށެވެ! އެކަމާ ހިތާމަކުރަންޖެހުން ވަރަށް ގާތްވާނެއެވެ!: މުފްތީ މެންކް

ތިބާއަށް މާޒީގަ ކުރެވިފައިވާ ފާފައެއްގެ ވާހަކަ އެއްވެސް މީހަކާ ހިއްޞާ ނުކުރާށެވެ! އެކަމާ ހިތާމަކުރަންޖެހުން ވަރަށް ގާތްވާނެއެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 32 ސިކުންތު

ކިތަންމެ ގާތް ރަޙްމަތްތެރިއަކަށް ނަމަވެސް ތިމާއަށް ކުރެވިގފައި ހުންނަ  ފާފަތަކުގެ ވާހަކަ ކިޔައި ދިނުމެއް ނެތެވެ. އަދި އެއީ ތިމާގެ ޒަވާޖީ ޙަޔާތުގެ ބައިވެރިޔާ އާއި ނަމަވެސްމެއެވެ. 

އަނބިމީހާ ގާތުވެސް ފިރިމީހާ ގާތުވެސް އަދި ކިތަންމެ ގާތް އެކުވެރިއެއްގެ ގާތުގައިވެސް ކުރެވިފައި ހުންނަ ފާފަތަކުގެ ވާހަކަ ނުދައްކާށެވެ! ދެބަސްވާ ދުވަހު އެކަންކަމުގެ ވާހަކަ މީސްތަކުންނަށް ޢާންމުކޮށް ތިބާ ފަޟީޙަތް ނުކުރާނެ ކަމަށް ނުބަލާށެވެ.! 

އަހަރެމެންގެ ތެރެއިން ގިނަ ބައަކު އެމީހުންނަށް ކުރެވޭ ފާތަކުގެ ވާހަކަ އެހެން މީހުންނަށް ކިޔައިދެއެވެ. އަދި ދެކެނީ އެއީ ކުރެވޭ މޮޅު ކަމެއް ކަމަށާއި އެއީ ތިމާގެ ހައިބަތު އުފުލިގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް މިއީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ. 

އެހެނީ އެއީ ﷲ ތަޢަލާ ވަރަށް ގަދަ އަމުރުފުޅަކުން ނަހީ ކުރައްވަވާފައިވާ ކަމެއްގެ އިތުރުން މުސްލިމުންނަށް ވަރަށް ބޮޑަށް މަނާކުރައްވަވާފައިވާ ކަމެކެވެ.

ކުރެވޭ ފާފަތައް އެހެން މީހުންނާ ހިއްޞާ ކުރުމަކީ އެފަދަ ފާފަތައް ކުރަން އެހެން މީހުންނަށް ހިތްވަރު ދިނުމެވެ. އަދި ދަސްކޮށްވެސް ދިނުމެވެ. ﷲ ތައާލާ ވަޙީ ކުރައްވަވާފައިވަނީ އެކަން ކުރާ މީހުންނަށް ގަދަފަދަ އަޒާބު ދެއްވަވާނެ ކަމަށެވެ. 

އެމީހަކަށް މާކުރިން، ނުވަތަ ޒުވާން އުމުރުގައި ކުރެވިފައި ހުންނަ ފާފަތަކާއި ބެހޭ ގޮތުން ސުވާލުވެސް ކޮށްގެން ނުވާނެއެވެ. އެހެނީ އެއީ އޭނާގެ މާޒީއެވެ. އޭނާ މިހާރު އެވަނީ އެކަންކަމަށް ތައުބާވެފައެވެ. ވީމާ މާކުރިން އެމީހާއަށް ކުރެވިފައިވާ ކަންކަން އޮޅުން ފިލުވަން ސުވާލުވެސް ނުކުރާށެވެ. 

ކޮންމެ މީހަކު އެފަދަ ސުވާލެއް ކުރި ނަމަވެސް ޖަވާބު ވެސް ނުދޭށެވެ. ބުނާށެވެ. "ތިއައީ އަހަރެންގެ މާޒީއެވެ. ތިއަ ފަދަ ކަންކަމާއިމެދު މިހާރު ނުވެސް ވިސްނަމެވެ. މިހާރު އަހަރެންނަކީ ކުރެވުނުހައި ފާފަތަކަށް ތައުބާވެގެންހުރި މީހަކީމެވެ. އަހަރެންގެ މިހާރުގެ ދިރިއުޅުމާއިމެދު ސުވާލުކުރާށެވެ!"

ތިބާއަށް ކުރެވުނު ފާފަތައް އެއްވެސް މީހަކާއި ހިއްޞާ ކޮށްފިނަމަ އެކަމުގެ ސަބަބުން ތިބާގެ އަގު ވެއްޓި ފަޟީޙަތްވުން ނޫން ކަމެއް ނުވާނެއެވެ. ތިބާ ސިއްރުކޮށްފައި ހުންނަ ކަންކަން ﷲ ތަޢާލާ ވެސް ސިއްރު ކުރައްވަވާނެއެވެ. ތިބާ ތައުބާ ވުމުން ފާފަ ފުއްސަވާނެއެވެ. އެހިސާބުން އެކަން އެ ނިމުނީއެވެ. ނަމަވެސް ތިބާ ކުރި ފާފައެއް އެހެން މީހަކާއި ހިއްޞާކޮށްފައި ވަނިކޮށް ތިބާ ތައުބާވުމުން ﷲ ތަޢާލާ ފާފަ ފުއްސެވި ނަމަވެސް އެކަމުގެ މަލާމާތާއި ލައްނަތް ދުނިޔޭގައި ދިރިހުންނާނެއެވެ. އެކަމުގެ ވާހަކަ މީހުން ދައްކާނެއެވެ. އެކަމުގެ ސަބަބުން ތިބާއަށް އަބަދުވެސް ދާނީ އެހެން މީހުންގެ މަލާމާތާއި ފުރައްސާރަކުރުން އަމާޒުވަމުންނެވެ.

ވީމާ ހުރިހާ ގޮތަކުން ބެލި ނަމަވެސް ތިމާއަށް ކުރެވޭ ފާފަތައް އެއްވެސް މީހަކާއިއެކު ހިއްޞާ ކުރުމެއް ނެތެވެ! އެކަމުން ލިބޭނީ ﷲ ގެ ގަދަފަދަ އަޒާބެވެ! ކުރިން ބުނިފަދައިން އކަންކަން ބޭޒާރުވާ ދުވަހު ލިބޭނީ މީސްތަކުންގެ މަލާމާތާއި ލަޢުނަތެވެ.

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް