އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕީޕީއެމް އަދި އެމްޑީޕީގެ ސަރުކާރުވެސް ވަނީ ބޮޑުތަނުން ފެއިލްވެފައި: ޤާސިމް

ޕީޕީއެމް އަދި އެމްޑީޕީގެ ސަރުކާރުވެސް ވަނީ ބޮޑުތަނުން ފެއިލްވެފައި: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

މަލްޓިޕާޓީ ޑިމޮކްރެޓިކް ސިސްޓަމް ރާއްޖެއަށް ތައާރަފުވީ ފަހުން ރާއްގައި އުފެދުނު ސަރުކާރުތައް ބޮޑުތަނުން ފެއިލްވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގައުމީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް މިފަދައިން ވިދާޅުވީ، ވިލާ ޓީވީ (ވީޓީވީ) އިން ގެނެސްދިން 'ހާސްކަނޑާލާ ހަމަޖެހޭނެ' ޕްރޮގްރާމުގައި ހުކުރު ދުވަހުގެ ހަވީރު ވީޓީވީގެ ސްޓޫޑިއޯގައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ޤާސިމް އެއިޝާރާތްކުރެއްވީ އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުމާއި މަދަދާއެކު ރާއްޖޭގައި ފުރަތަމަ ޤާއިމްކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމާއި، އޭގެފަހުން ޤާއިމްކުރި ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ ވެރިކަމުގެ އިތުރުން، މިހާރު މިއޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިސްވެ ހިންގާ ކޯލިޝަން ސަރުކާރަށެވެ.

ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކީގައި ހަދާ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް އެއްވެސް ސަރުކާރަކުން ކަންތައް ނުކުރިޔަސް އެމަނިކުފާނު މަޑުން ހުންނަވަނީ ޤާނޫނާއި އެއްގޮތަށް ކަންކަން ކުރޭތޯބަލަން ކަމަށެވެ. އެހެން ނަމަވެސް، މުހިންމު ކަންތައްތައް ނުކޮށް ދޫކޮށްލައި ނުވިތާކަށް ބޮޑެތި ހިޔާނާތްތައްވަމުން އަންނަކަމުގެ ކަންބޮޑުވުން ޤާސިމް ފާޅުކުރެއްވިއެވެ.

ޤާސިމް ވިދާޅުވީ، ގާނޫނާ އެއްގޮތަށް ކަންކަން ކުރާނަމަ، ރާއްޖޭގެ އިސްލާމްދީނާއި އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް ހިފަހައްޓަންޖެހޭ ކަންތައްތަކެއް ހިމެނިގެން ދާނެކަން އެމަނިކުފާނަށް ހަމަކަށަވަރު ކަމަށެވެ.

މިކަންކަން ރާއްޖޭގެ ރައްޔިތުންނަށް ގެނައުމަށްޓަކައި މިއީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅިފައިވާ ވާޖިބެއްކަމުގައި ދޭކެވަޑައި ގަންނަވާކަމަށް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

ޤާސިމްވަނީ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނުމަށްފަހު ވޯޓިދިނުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

ޤާސިމް ވިދާޅުވީ “އަޅުގަނޑުމެންނާ އެކީގައި ހެދިފައިވާ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށްވެސް އެއްވެސް ސަރުކާރަކުން ކަންތައް ނުކުރިޔަސް އަޅުގަނޑުމެން މަޑުން ތިބެނީ ގާނޫނާއި އެއްގޮތަށް، ކަންކަން ކުރޭތޯބަލަން. އޭތެރޭގައި ގާނޫނާއި އެއްގޮތަށް ކަންކަން ކުރާނަމަ، ރާއްޖޭގެ އިސްލާމްދީނާއި އިސްލާމްދީނުގެ ހަމަތަކާއި އެއްގޮތަށް ހިފޭއްޓިގެން ދާނެ ކަންތައްތަކެއް މީގެތެރޭގައި ހިމެނިގެން ދާނެކަން ހަމަކަށަވަރު. މިކަންކަން ރާއްޖޭގެ ރައްޔިތުންނަށް ގެނައުމަށްޓަކައި މިއީ އަޅުގަނޑުގެ ބޮލުގައި އެޅިފައިވާ ވާޖިބެއްކަމުގައި ވާތީ އަޅުގަނޑަށް ކުރެވެން ހުރި މަސައްކަތްތައް މިކުރަނީ. މިކަންކަމަށް ވަރަށް ބޮޑަށް ވިސްނުމަށްފަހު ވޯޓިދިނުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން” ކަމަށެވެ.

ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ބަނދަރުމަތީ މިސްކިތަކާއި ފާހަނާބަރިއެއް ތަރައްޤީކުރުމާއި ހުރިހާ މިސްކިތެއް އޭސީކުރުމާއި ކޮންމެ ސްކޫލެއްގައި ޒަމާނީ ކޮމްޕިއުޓާ ލެބެއް ގާއިމުކުރުމާއި ސްކޫލްތަކުގެ ކްލާސްރޫމްތައް އޭސީކުރުމުގެ އިތުރުން އެރަށެއްގެ ރައްޔިތުން ހުށަހަޅާ ފަސް ކަމެއް ކޮށްދެއްވާނެކަމަށް އެމަނިކުފާނުވަނީ ވައުދުވެވަޑައިގެންފައެވެ.

މީގެ އިތުރުން، މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެންމެ ފުރިހަމަ މެނިފެސްޓޯއަކާއިގެން ނުކުމެވަޑައިގެންނެވީވެސް ޤާސިމް އިބްރާހީމްއެވެ.

އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ނަމްބަރު 5، ޤާސިމް އިބްރާހީމްގެ މެނިފެސްޓޯ ލޯންޗުކުރީ އެކަމަށްޓަކައި، ޖުމްހޫރީ ޕާޓީގެ މައި ހެޑްކުއާޓަރު މާފަންނު ކުނޫޒުގައި މިމަހުގެ ކުރީކޮޅު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ތަޖުރިބާކާރުންގެ ހާއްސަ ކޮމިޓީއަކުން އެކުލަވާލި މި މެނިފެސްޓޯއަކީ، ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި، އެކި ދާއިރާތަކުގެ ފަންނުވެރިންނާއި ތަޖުރިބާކާރުންގެ ޚިޔާލާއި ލަފާގެ މައްޗަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯއެކެވެ.

ޖުމްހޫރީ ޕާޓީން ބުނާގޮތުގައި، މި މެނިފެސްޓޯއަކީ ދިވެހިރާއްޖެ ތަހުޒީބުގެ އައު މަންޒިލަކަށް ގެންގޮސްދޭނޭ މަގެވެ. އަދި އެމަގުގައި ދިވެހީން ގޮވައިގެން ކުރިއަށް ވަޑައިގަތުމުގެ ތަޖުރިބާއާއި ޤާބިލުކަން ޤާސިމް އިބްރާހީމް ވަނީ ހޯއްދަވާފައެވެ.

 

ހަބަރު: ވީނިއުސް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް