އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުގާތްވަމުން އަންނަ ކަމަށް ﷲ ތަޢާލާ ދެއްވަވާ ބައެއް އިންޒާރުތައް-

މަރުގާތްވަމުން އަންނަ ކަމަށް ﷲ ތަޢާލާ ދެއްވަވާ ބައެއް އިންޒާރުތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ގިނަ ބައެއްގެ ފުރާނަ ﷲ ތަޢާލާގެ ހަޟްރަތަށް ގެންދަވަނީ އެމީހުންނަށް ވަރަށް ގިނަ ގޮތްގޮތުން އިންޒާރުތައް ދެއްވެވުމަށްފަހުގައެވެ. ދުނިޔޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެވިއްޖެކަމާއި ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރި ދާންޖެހުމުގެ ވަޤުތު ގާތްވެއްޖެ ކަމުގެ އިންޒާރުތަކެވެ. 

އިސްތަށީގެ ކުލަ ބަދަލުވުމާއި ހަމުގައި ރޫޖެހުމަކީވެސް އިންޒާރެވެ. ބައްޔެއްގައި އުޅެންޖެހުމަކީވެސް ހަމަ އިންޒާރެކެވެ. ގައިބާރު ދެރަވުމަކީވެސް އިންޒާރެކެވެ. މިހެން ގޮސް ތަފާތު އެތައް ގޮތަކުން އިންޒާރުތައް ދެއްވަވަތެވެ. 

މީސްތަކުންނޭވެ! ހަމަ އެފަދައިން ގިނަ ބައެއްގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވަނީ ނުހަނު ޒުވާން ޢުމުރުގައެވެ. އެހެންވީމާ އެމީހުންނަށް ކުރިން މިބަޔާންކުރި އިންޒާރުތަކެއް ނުލިބޭނެއެވެ. އެހެނަސް އެމީހުންނަށްވެސް އިންޒާރުތަކެއް ވެއެވެ. އެއީ ކޮންމެ ޢުމުރެއްގައިވެސް، އަދި ކޮންމެ ވަޤުތަކުވެސް ފުރާނަ ހިއްޕަވައިފާނެ ކަމުގެ އިންޒާރު ޤުރްއާނުގައި ދެއްވަވާފައި އޮތުމުންނެވެ. އެކަން އެގޮތަށް ހިނގާކަން ލޯތަކަށް ދައްކަވަމުން ގެންދަވާ ކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ. ކުރިމަތިކުރައްވަވާ ކަންކަމުން ޢިބްރަތް ޙާޞިލްކުރަން އެބަޖެހެއެވެ. އެއްވެސް ޒަމާނެއްގައި މީސްތަކުންނަށް އިންޡާރުތައް ދެއްވަވާފައިވަނީ ކޮންމެ މީހެއްގެ ކަންފަތަށް އިވޭ އަޑެއްގެ ގޮތުގައެއް ނޫނެވެ. މީސްތަކުންގެ ކަންފަތަށް އަޑު އިއްވަވަނީ ނަބީބޭކަލުންނާއި ރަސޫލްބޭކަލުން މެދުވެރިކުރައްވަވައެވެ. 

އަހުރެމެންނަށް އުޅެންޖެހިފައިވާ މިޒަމާނުގައި ފެންނަން އޮތީ ކީރިތި ޤުރްއާނެވެ. އަޑުއަހަންވީ ޤުރްއާނުގެ އާޔަތްތަކެވެ. ދެން ކިޔައި އޮޅުންފިލުވަންވީ ޙަދީޘްފުޅުތަކެވެ. މިއީ ދުނިޔެ ނިމުމާއި ހަމައަށް ދެމިގެންދާނެ މުޢްޖިޒާތްތަކެވެ. އަހުރެމެންނަށް އޮތީ އަޑުއަހައި ޢަމަލުކުރުމެވެ. 

އަބަދުވެސް ބުނާ ފަދައިން ދުނިޔޭގައި ތިމާ ހޭދަކުރާ ޙަޔާތް ނިމިގެންދާއިރު އޭނާގެ ބޭންކް އެކައުންޓުގައި ހުރި ފައިސާ މަދުވެގެން ޤިޔާމަތް ދުވަހު އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ. މައްސަލަ ޖެހޭނީ ﷲ ތަޢާލާ ދެއްވެވި ފައިސާއިން ޞަދަޤާތް ނުކުރާތީއެވެ. މައްސަލަ ޖެހޭނީ ﷲ ތަޢާލާޗ ދެއްވެވި ފައިސާއިން ޞަދަޤާތް ނުކޮށް އެކައުންޓަށް ގިނަކޮށްފައި ހުރީތީއެވެ. 

ވީމާ މަސައްކަތްކުރަންވީ ބޭންކް އެކައުންޓަށް ގިނަކުރެވޭތޯއެއް ނޫނެވެ. ވީހާގިނައިން ޞަދަޤާތްކުރެވޭތޯއެވެ. ވީހާ ގިނައިން ހެޔޮ ޢަމަލުތައް ކުރެވޭތޯއެވެ! މުސްކުޅިވެ މަރުގާތްވެއްޖެ ކަމުގެ އިންޒާރުތައް ނުލިބުނަސް ކޮންމެ ދުވަހަކުވެސް މަރުވެދާނެކަމަށް ބަލައި މަރަށް ތައްޔާރުވެގެން އަބަދުވެސް ހުރެވޭތޯއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

އާރޓިކަލް ރޭޓްކުރައްވާ


17%
ވ.ރަނގަޅު
14%
ރަނގަޅު
17%
އޯކޭ
51%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް