އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު
ޔަހޫދީން ޤަބޫލުކޮށްގެން އެތިބެނީ ކުރިން ދުނިޔެއަށް ފޮނުއްވެވުނީ ޙަޤީޤީ ޢީސާގެފާނު ނޫން ކަމަށެވެ. އެމީހުން ހިތުން އެމީހުން އެކަލޭގެފާނު ޤަތުލުކުރީ އެއީ ޙަޤީޤީ ޢީސާގެފާނުކަމަށްނުވާތީއެވެ. އަދި އެއީ އެމީހުންނަކީ ޔަހޫދީންނަށްވުމުގެ ކުރިއެވެ. ޔަހޫދީންނަށްވީ ފަހުންނެވެ.
ޔަހޫދީން ޤަބޫލުކުރާ ގޮތުގައި ޙަޤީޤީ ޢީސާގެފާނު އަދި ފައުޅުވާނެއެވެ. އެމީހުން މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަން ޤަބޫލުނުކުރީވެސް އެހެންވެގެންނެވެ. އަދިވެސް އެމީހުންގެ ގާތަށް ރަސޫލްބޭކަލަކު ފޮނުއްވަވާނެ ކަމަށް ޤަބޫލުކުރާތީއެވެ.
މިހެން ތިއްބައި ބޮޑު ދައްޖާލު ފައުޅުވެ ތިމަންނާއަކީ ޢީސާގެފާނުކަމަށް ބުނެ ދޮގުހެދީމާ އެބޮޑު ދޮގު ޔަހޫދީން ޤަބޫލުކުރާނެއެވެ. އެމީހުން ހީކުރާނީ ދައްޖާލަކީ ޢީސާގެފާނު ކަމަށެވެ.
ކޮންމެއަކަސް ޔަހޫދީންގެތެޜޭގައި ތިބި ބޮޑެތި ޢިލްމުވެރިންނަށް ތައުރާތާއި ޤުރްއާނުން މިކަންކަމުގެ ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ޢީސާގެފާނު ފައުޅުކުރައްވަވައިފި ކަމާއި އެމީހުންނަށް ޞަލީބަށް އެރުވުނީ ޢީޞާގެފާނު ނޫންކަމާއި ޢީޞާގެފާނު ﷲ ތަޢާލާ އުޑަށް އުފުއްލަވާފައިކަންވެސް ރަނގަޅަށް އެނގޭނެއެވެ.
ދައްޖާލު ފައުޅުވާނެ ދުވަސްވަރު މީސްތަކުންގެ ޖާހިލުކަން ބޮޑުކަމުން ވަރަށް ގިނަބައަކު ދައްޖާލަށް އީމާންވެ ތަބަޢަވާނެއެވެ. އެއިގެ ތެރޭގައި އެންމެ ގިނަވާނީ ޔަހޫދީންނެވެ. މިކަންކަމަކީ ޙަދީޘްފުޅުތަކުން އެނގެންހުރި ކަންކަމެވެ.
މީސްތަކުން މިއަދު ޖާހިލުވަމުން އެދަނީ މިކަންކަން އެނގިތިބެއެވެ. މުސްލިމުންނަށް ވަކިން ބޮޑަށް އެކަންކަން އެނގޭނެއެވެ. އިސްލާމް ދީނުގައި ޘާބިތުވެތިބެން ގަދައަޅައި މަސައްކަތްކުރަންވީ އެހެންވެގެންނެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
Advertisement
21 ސެޕްޓެމްބަރ 2023