އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވާ ބައިވެރިއަކު ހަމަހުރެފައި ބަދަލެއް ނުވާނެ! ބަދަލުވެއްޖެނަމަ މިކަންކަމަށް ވިސްނައިލާ!

ލޯބިވާ ބައިވެރިއަކު ހަމަހުރެފައި ބަދަލެއް ނުވާނެ! ބަދަލުވެއްޖެނަމަ މިކަންކަމަށް ވިސްނައިލާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ކައިވެންޏަށްފަހު ޒަވާޖީ ޙަޔާތުގެ ބައިވެރިޔާގެ އުޅުމަށް ބަދަލުތައް އަންނާތީ ކަންބޮޑުވާ މީހުންނާއި ކޮށްލަންޖެހޭ ސުވާލެއް އެބައޮތެވެ. އެސުވާލަކީ ބައިވެރިޔާއަށް އެ ބަދަލުތައް އަންނަން ފެށީ ހަމަ ހުރެފައި ހެއްޔެވެ؟ ނުވަތަ ތިބާގެ ކިބައިން އަނިޔާތަކެއް ލިބުމަށްފަހުގައި ހެއްޔެވެ؟ 

އަހުރެން މިބަސް މިބުނަނީ އަނބިންނަށް އަދި ފިރިންނަކަށްވެސް ނޫނެވެ. ދެބައި މީހުންނަށެވެ. އަނބިންނަށާއި ފިރިންނަށެވެ.

އަނެކާއަށް އަނިޔާވެރިވެ ހިތުގައި ޖައްސުވަމުން ގެންދާނަމަ އެކަންކަމަށް ކެތްތެރި ނުވެވިގެން ނުކުންނާނެ މައްސަލަތައް ނުކުންނާނެއެވެ. ކޮންމެ އިންސާނަކަށް ހިތާމައާއި ހިތްދަތިކަމުގައި ކެތްތެރިވެވޭނީ ވަކި މިންވަރަކަށެވެ. އެހިސާބަށް ކަންކަން ދިއުމުން ކެތްތެރިވާން މަސައްކަތްކުރިނަމަވެސް ކެތްތެރިކަން ކޮޅުންލާނެއެވެ. ނުކުރަން ހުންނަ ކަންކަން ކުރެވޭނެއެވެ. ނުބުނަން ހުންނަ ބަސްތައް ބުނެވޭނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. 

ވީމާ ބައިވެރިޔާއަށް އެއްވެސް ބަދަލެއް ނައިސް އެންމެ ކުރިއާއި އެއްގޮތަކަށް ކަންކަން ދަމަހައްޓަން ބޭނުންވާނަމަ ފުރަތަމަ ދުވަހުން ފެށިގެން އެކަމަށް ސަމާލުކަންދޭށެވެ. އަނެކާގެ ހިތުގައި ޖެހޭނެ ފަދަ ކަންކަން ނުކުރާށެވެ. 

ކުރިންވެސް މިބުނި ފަދައިން އަނެކާގެ ކެތްތެރިކަން ކޮޅުންލައިގެން ދިއުމުން އެކަމާ ޝަކުވާކުރަމުން ހިނގުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެހިސާބުންވެސް ކުށް ޤަބޫލުކުރާށެވެ. މާފަށް އެދޭށެވެ. އަނެކާއަށް ރަޙުމްކުރާށެވެ. ލޯބިދީގެން އޭނާގެ ހިތުގައި ރަނގަޅު މަޤާމެއް އުފައްދަން މަސައްކަތްކުރާށެވެ.

 

- އަލަފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް