އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތާމަތަކާ ކަންބޮޑުވުމުގަވާ މީހުންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ-: މުފްތީ މެންކް

ހިތާމަތަކާ ކަންބޮޑުވުމުގަވާ މީހުންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ-: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

މުސްލިމް ނޫން ޤައުމުތަކުގެ ޖަލުތަކުގައި ތިބޭ ގިނަ ޢަދަދެއްގެ ޤައިދީން އިސްލާމްވަމުން އަންކަމުގެ ވާހަކަ އަންނަނީ އަބަދުވެސް އަޑު އިވެމުންނެވެ. ހަމަ އެޢާއިއެކު ކުރެވޭ ކުށަކާއި ގުޅިގެން ޖަލަށްލެވޭ މުސްލިމުން އިޞްލާޙްވެ އެމީހުންގެ ތަޤްވާވެރިކަން އިތުރުވަމުން އަންނަތަންވެސް އަންނަނީ ފެންނަމުންނެވެ. 

މިކަންކަން މިހެން މިވަނީ ކީއްވެގެންކަމާއިމެދު ވިސްނައިލަމާ ހިނގާށެވެ. 

ހިތްދަތިވެ މާޔޫސްކަމުގައި އެމީހުން ތިއްބައި އެމީހުންނަށް ދީނުގެ މަގަށް ދަޢުވަތުދެވެނީއެވެ. އެދަޢުވަތު ބަލައިގަންނަން އެމީޙުންނަށް ފަށޭހަވެގެންދަނީއެވެ. 

ދެންބަލައިލަންވީ އެހެން އެކަންވުމަށް މެދުވެރިވާ ސަބަބުތަކަށެވެ. އެއިގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ މީހަކު ހިތްދަތިކަމާއި މާޔޫސްކަމުގައިވާނަމަ އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާ ކަމެވެ. އެޙާލަތުގައި އޭނާއަށް ޙައްޤު މަގު ފެނިގެންދާން ފަސޭހަވެގެންދާނެއެވެ. 

ހިތާމަ ޢާއި ހިތްދަތިކަމުގައިވާ ކޮންމެ މީހަކަށްވެސް ޙައްޤުމަގު ދައްކައިދޭން މަސައްކަތްކުރާށެވެ! އެކު7ވެރިއަކު އެފަދަ ޙާލެއްގައިވާނަމަ ﷲ ތަޢާލާގެ ދީނާއި ކައިރިކުރުވަން މަސައްކަތްކުރާށެވެ! ވީހާ ގިނައިން ނަމާދުކޮށް އަޅުކަންކުރަން ހިތްވަރުދޭށެވެ! ކުރިމަތިވެފައިވާ ޙާލަތުން އެހެން ޙާލަތަކަށް ބަދަލުކުރައްވަވައި ދެއްވެވޭނީ ހަމައެކަނި ﷲ ތަޢާލާއަށްކަން ވިސްނައިދޭށެވެ. 

ސުންނަތް ނަމާދުތައް ކުރާށާއި އެހެންވެސް ސުންނަތް ނަމާދުތައް ކުރަން ވަޤުތު ހޯދާ ފަދައިން ހިތާމައާއި ހިތްދަތިކަމުގައިވާ މީހުންނާއި ބައްދަލުކުރަން ވަޤުތުހޯދާށެވެ. އެއީ ގިނަ ގުނަ ޘަވާބު ދެއްވަޥާނޭ އަޅުކަމެކެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ކުޑަކުއްޖަކު ގެންގުޅުނު ދޫންޏެއް މަރުވެގެން އެކަމުގެ ހިތާމައިގައި އެކުއްޖާ ވަނިކޮށް އަހުރެމެންގެ ލޮބުވެތރި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެކަން އެނގިވަޑައިގަތުމުން ވަޑައިގެން އެކުޑަކުއްޖާ ޢާއި ބައްދަލުކުރެވެވިއެވެ. އެކުއްޖާއަށް ހިތްވަރުދެއްވެވިއެވެ. 

When Zayd was 3 or 5 years old, he had a little bird he named Umayr. Whenever the Prophet (pbuh) saw Zayd, he would call him “Abu Umayr” meaning the father of Umayr. One day the bird died and Zayd was very saddened. When the Prophet heard about his sorrow, he went to visit the child in his house. He asked “What happened O Abu Umayr? What have you done with your Nuayr (sparrow-like little bird)?” This question cheered Zayd up. He took Zayd in his lap, caressed him and consoled him.

މިހިރަ ކަންކަމަކީ އަހުރެމެންވެސް ކުރަންހުރި ކަންކަމެވެ. އަދާކުރަންހުރި ސުންނަތްތަކެވެ. އެކަންކަން ކުރުމުން ގިނަގުނަ ޘަވާބު ދެއްވަވާނޭ ހެޔޮ ޢަމަލުތަކެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން   

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް