އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިން އަތުގުޅައިލައިގެން އެކުގަ ސުވަރުގެއަށް ދިއުމަށް އެކަކު އަނެކަކަށް ވާގިވެރިވާން ސަމާލުކަން ދޭންޖެހޭ 2 ކަމެއް!

ދެމަފިރިން އަތުގުޅައިލައިގެން އެކުގަ ސުވަރުގެއަށް ދިއުމަށް އެކަކު އަނެކަކަށް ވާގިވެރިވާން ސަމާލުކަން ދޭންޖެހޭ 2 ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

ﷲ ތަޢާލާގެ މަގުގައި ދުނިޔޭގައި އުޅެން މަސައްކަތްކުރާ ގިނަބައަކަށް މާލީ ދަތިތައް ކުރިމަތިވާނެއެވެ. އެއީ ޙައްޤު ނޫން ގޮތުގައި އާމްދަނީ ހޯދަން ބިރުވެތިވާތީއެވެ. ކިތަންމެ ދަތިވިނަމަވެސް ޙަލާލް ނޫން ގޮތުގައި އެންމެ ކުޑަމިނުން ބޯފެންފޮދުވެސް ބޭނުން ނުކުރާށެވެ! 

މިގޮތުގައި ސާބިތުވުމަށް ދެމަފިރިންވެސް ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު 2 ކަމެއް ފާހަގަކޮށްލާނަމެވެ. 

1 ފިރިމީހާ: 

ފިރިމީހާ ސަމާލުކަން ދޭންވީ ﷲ ތަޢާލާ ދެއްވަވާ މިންވަރު ހެޔޮ ގޮތުގައި ބޭނުންހިފުމަށެވެ. އަނބިދަރިންނަށާއި ޢާއިލާއަށް ފައިދާހުރި ގޮތުގައި ޚަރަދުކުރުމަށެވެ. ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމަކަށް ޚަރަދު ނުކުރުމަށެވެ. 

2 އަނބިމީހާ: 

އަނބިމީހާ ސަމާލުކަންދޭންވީ ފިރިމީހާއަށް ލިބޭ މިންވަރަށް ޝުކުރުވެރިވުމަށެވެ. ބޭނުންތައް ނުފުދިގެން ޝަކުވާ ނުކުރުމަށެވެ. އެފަދަ ޝަކުވާތައް ކުރުމަކީ ފިރިމީހާއަށް ޕްރެޝަރު ބޮޑުވުމުން ޙަލާލް ނޫން ގޮތުގައި އާމްދަނީ ހޯދައިފާނެ ކަމެކެވެ. އެއިރުން އެދެވެނީ ނަރަކަ އާއި ދިމާއަށެވެ!

"ހަމަކަށަވަރުން، ސުވަރުގޭގެ އަހުލުވެރިން މިއަދުވަނީ، އުފާ ފާގަތިކަންމަތީ މަޝްޣޫލު ވެގެންނެވެ. އެއުރެންނާއި އެއުރެންގެ އަނބިންވަނީ، ހިޔަލުގައި ދާންތަކުގެމަތީ ލެނގިލައިގެންނެވެ.... އެއުރެންނަށް އެތާނގައި މޭވާތައްވެއެވެ. އަދި އެއުރެން އެދޭ (ހުރިހާ) ކަމެއް އެއުރެންނަށް (އެތާނގައި) ވެއެވެ". سورة يس 55-57) 

ދެމަފިރިން އެކީ އަތުގުޅައިލައިގެން ސުވަރުގެއަށް ދިއުމަށް އެކަކު އަނެކަކަށް ވާގިވެރިވަމާހުއްޔެވެ.! އެކަން ނުކުރެވޭނަމަ ޒަވާޖީ ޙަޔާތް އެވަނީ ފޭލްވެފައެވެ. ދުނިޔެއަކީ ވަޤުތީ މަންޒިލެކެވެ. ދާއިމީ ތަނަކީ ސުވަރުގެއެވެ. ނިމުމެއް ނެތް ޙަޔާތްވަނީ ސުވަރުގޭގައެވެ. ވީމާ ލޯވިވާނަމަ މަސައްކަތްކުރަންވީ އެކުގަ ސުވަރުގެ ދާން ނޫންހެއްޔެވެ؟ 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް