އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންނަށް ދޭ ނަޞޭޙަތް ޤަބޫލުނުކޮށްގެން ކަންބޮޑުވުމުގެ ކުރިން މައިން ބަފައިން ކުރަންޖެހޭ ކަމެއް އެބައޮތް!-: މުފްތީ މެންކް

ދަރިންނަށް ދޭ ނަޞޭޙަތް ޤަބޫލުނުކޮށްގެން ކަންބޮޑުވުމުގެ ކުރިން މައިން ބަފައިން ކުރަންޖެހޭ ކަމެއް އެބައޮތް!-: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ދުނިޔޭގެ ކަންކަމަށް އަންނަމުންމިދާ ބަދަލުތަކުގެ ތެރެއިން ދަރިންގެ ވިސްނުމަށްވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ވީމާ ކުރީގެ ދުވަސްވަރު ކުދިންނާއިމެދު ޢަމަލުކުރި ގޮތަށް މިހާރު ޢަމަލުކޮށްގެން ދަރިން އިޞްލާޙެއް ނުކުރެވޭނެއެވެ. 

ހެޔޮ ކަމެއް ކުރުމުން ދެމަފިރިން އެކަކު އަނެކަކަށް ތަޢްރީފްކޮށް ހެޔޮބަސް ބުނާފަދައިން ދަރިން ރަނގަޅުކަމެއް ކުރުމުން ދަރިންނަށްވެސް ތަޢްރީފްކޮށް ހެޔޮބަސް ބުނަން ޖެހޭނެއެވެ. ދަރިން ހޯދާ ކާމިޔާބީ ފާހަގަކުރަންޖެހޭނެއެވެ. މިކަންކަން ދަރިން ބޭނުންވާނެއެވެ. އެންމެ ބޮޑަށް ބޭނުންވާނީވެސް މައިންބަފައިންގެ ކިބައިންނެވެ. 

އެހެންކަމާއިއެކުވެސް މިކަން ވިސްނެނީ ބައެއް ބެލެނިވެރިންނަށެވެ. އަނެއްބައި ބެލެނިވެރިންނަކަށް ނުވިސްނެއެވެ. އެހެންވެ ޤަބޫލެއް ނުކުރެވެއެވެ. ޢަމަލެއް ނުކުރެވެއެވެ. 

ހަނދާންކުރާށެވެ! ދަރިއަކު ކާމިޔާބީއެއް ހާޞިލުކުރުމުން ގަނެދޭ އަގުބޮޑު ހަދިޔާއަކަށްވުރެ، އަދި ބާއްވައިދޭ ބޮޑު ޕާޓީއަކަށްވުރެ އެކުދިންނަށް މައިންބަފައިން ތަޢްރީފްކުރުމުން ކުދިންނަށް ލިބޭ އުފާވެރިކަން މާބޮޑުވާނެއެވެ. 

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ދަރިން ހޯދާ ކާމިޔާބީއަށް ތަޢްރީފްނުކުރާނަމަ އެކުދިންނަށް ކުރެވޭ ކުށަކާއި ގުޅިގެން ކަންކަން އިޞްލާޙްކުރަން ދޭ ނަޞޭޙަތް އަޑު އަހައި ޤަބޫލުކުރަންވެސް ހުރަސްތަކެއް ހުންނާނެއެވެ. ގިނަކުދިން ޤަބޫލުވެސް ނުކުރާނެއެވެ. 

ވީމާ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން އެދޭނަމަ މިކަންކަމަށް ވިސްނާށެވެ. ދަރިން ހޯދާ ކާމިޔާބީ ފާހަގަކޮށް ހިތްވަރުދޭށެވެ. ރަނގަޅު ކަމެއް ކޮށްފިނަމަ ތަޢްރީފްކުރާށެވެ.   

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް