އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސައްކަތް ކިތަންމެ ބުރަނަމަވެސް ދެމަފިރިން ނުގުޅައި މުޅިދުވަސް ހޭދަކުރާނަމަ ގުޅުން ކެނޑުން އޮންނާނީ ދާދިގާތުގަ!

މަސައްކަތް ކިތަންމެ ބުރަނަމަވެސް ދެމަފިރިން ނުގުޅައި މުޅިދުވަސް ހޭދަކުރާނަމަ ގުޅުން ކެނޑުން އޮންނާނީ ދާދިގާތުގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

މިޒަމާނުގައި ގިނަ ދެމަފިރިންނަކީ ވަޒީފާއަދާކުރާ ދެމަފިރިންކަމަށް ބުނެވިދާނެއެވެ. ވަޒީފާ އަދާނުކޮށް ގޭގައި ތިބޭ އަންހެނުން ބޮޑުތަނުން މަދުވެއްޖެއެވެ. ޚާއްޞަކޮށް ޒުވާން ޖީލަށް ބަލައިފިނަމަ އެކަން ވަކިން ބޮޑަށް ފާހަގަކުރެވޭނެއެވެ. 

ދެމަފިރިން ވަޒިފާއަދާކުރިނަމަވެސް އަދި ގޭގައި އަނބިމީހާ އިންނަމަވެސް މުޅި ދުވަސް ނުވަތަ ވަޒީފާގެ ވަޤުތު ނިމެންދެން ދެމީހުން ކޮންމެވެސް ވަރަކަށް މުޢާމަލާތުނުކޮށް ނުތިބޭށެވެ. ވަޤުތުވީވަރަކުން އަނގައިން ބުނެލާށެވެ. މެސެޖެއް ނަމަވެސް ކޮށްލާށެވެ. އެކަކު އަނެކަކަށް ސަމާލުކަންދޭކަމާއި ވީހާއަވަހަކަށް ބައްދަލުކުރަން ބޭނުންވާކަން ހާމަކޮށް މަސައްކަތް ނިމުމުން އަވަހަށް ގެއަށްދާށެވެ.

މިއަދު މިއީ ކުރަން އުނދަގޫ ކަންކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް އަތުގައި އަމިއްލަފޯނެއް ގެންގުޅޭއިރު ކިތަންމެ ވަރަކަށް މަސައްކަތްބުރަނަމަވެސް މިބުނިވަރުކޮށްލެވޭނެއެވެ. އެވަރުކޮށްނުލެވޭނަމަ މަޑުމަޑުން ދެމީހުންގެ ގުޅުން ދާނީ ކެނޑެމުންނެވެ. އަނެކާގެ ކޯލަކަށް ނުވަތަ މެސެޖަކަށް އިންތިޒާރު ނުކުރާނެ ހިސާބަށް ކަންކަން ދާނެއެވެ. އެހިސާބުން ދެމީހުންގެ ގުޅުން ކނޑެން ފަށާނެއެވެ. 

ބައެއް މީހުން ކުރާ މަސައްކަތުގެ ގޮތުން އަމިއްލަ ބޭނުމަކު ފޯނުގައި އަތްލަން ވަޤުތުނުވެދާނެ ދުވަސްވެސް އަތުވެދާނެއެވެ. އެކަމަކު ކޮންމެ ދުވަހަކުވެސް ކުރެވިދާނެ އެއްކަންތައް އެބައޮތެވެ. އެއީ މަސައްކަތް ނިމުމުން ވީހާއަވަހަކަށް ގެއަށް ދިއުމެވެ. ގެއަށް ގޮސް އަނބިދަރިންނާއި ބާއްވަންޖެހޭ ގުޅުން އެންމެ ފުރިހަމަގޮތުގައި ބޭއްވުމެވެ. އެކަން ނުކުރެވެންވީ ސަބަބެއް އޮވެގެން ނުވާނެއެވެ. އެކަންކުރެވޭނަމަ ދާނީ ފޫބެދެމުންނެވެ. 

ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ސަމާލުކަންދޭށެވެ. ނުދެވިއްޖެނަމަ ކަންކަން ގޯހުން ގޯހަށް ބަދަލުވަމުން ގޮސް ދެމީހުންގެ ގުޅުން ކެނޑުން އޮންނާނީ ދާދިގާތުގައެވެ. ޒަވާޖީ ހަޔާތެއް ފެށުމަށްފަހު އެގުޅުން ދިރުވައި ދެމެހެއްޓުމަށްވުރެ މުހިންމު ކަމެއް އޮތަނުދޭށެވެ. ދިރިއުޅުން އުފާވެރިކުރެވޭނީ އެއިރުންނެވެ.

 

- އަލަފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް