އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީފާނެ ދެރައަކަށް ބިރުގަތުމެއް ނެތް! ދެރަ ދިން މީހާއަށް ﷲ އަދަބު ދެއްވަވާނެ- ނަމަވެސް ދެވަނަ ފުރުޞަތު ނުދިނުމަކީ ތިބާއަށް ކުރަންޖެހޭނެ ކަމެއް: މުފްތީ މެންކް

ދީފާނެ ދެރައަކަށް ބިރުގަތުމެއް ނެތް! ދެރަ ދިން މީހާއަށް ﷲ އަދަބު ދެއްވަވާނެ- ނަމަވެސް ދެވަނަ ފުރުޞަތު ނުދިނުމަކީ ތިބާއަށް ކުރަންޖެހޭނެ ކަމެއް: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

"މިޒަމާނުގައި ރަނގަޅު މީހަކީ އަދި ނުބައި މީހަކީ ކާކުކަން ދެނެގަތުމުގައި ދަތިތަކެއް އެބަހުއްޓެވެ. ނަމަވެސް އެއީ މާޔޫސްވާންވީ ކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވޭނެ އެންމެ އިޚްލާޞްތެރިކަމާއިއެކު ކަންކަން ކުރަމުން ގެންދާށެވެ. އެންމެން ކުރާ ހުރިހާ އަމަލުތަކެއްވެސް ވަގުތުން ﷲ ތަޢާލާ ދެކެދެވޮޑިގެންވެއެވެ.

ހިތްތަކުގައި ފޮރުވާފައިވާ ކަންކަމާއި ނިޔަތްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ނުބައި ނިޔަތުގައި، އިޚްލާޞްތެރިކަމެއް ނެތި ކަންކަން ކުރާމީހުންގެ އަމަލުތައް ފަހުން ނަމަވެސް ﷲ ތަޢާލާ މިސްތަކުންގެ ކުރިމަތީގައި ފަޟީޙަތް ކުރައްވަވާނެއެވެ.

ޙައްޤު އަދަބު ދެއްވަވާނެއެވެ. މީހަކު ތިބާއަށް ގޯސްކޮށް ކަމެއް ކުރިނަމަވެސް ކަންބޮޑުނުވާށެވެ! ނުބައި ކަމެއް ކޮށްގެން މޮޅު ހޯދައިގެން އަބަދަކު ނުހުރެވޭނެއެވެ. އެކަން އެމީހަކާއި ދިމާއަށް އެނބުރި އަންނާނެއެވެ. ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ ނުބައި ކަންކަން ކުރާ މީހުންނާއިމެދު ސަމާލުވުމާއި އެފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކުރުމެވެ.

(އެކެއްގެ ކިބައިން ދެވަނަ ފަހަރަށް އަނިޔާއެއް ނުލިބޭނެ ގޮތަށް ވިސްނައިގެން ކަންކަން ކުރުމެވެ.) މާނައަކީ މީހަކު ދީފާނެ ދެރައަކަށް ބިރު ނުގަންނާށެވެ. ދެރަ ދިން މީހާއަށް އެކަމުގެ އަދަބު ﷲ ތައާލާ ދެއްވަވާނެ އެވެ. ނަމަވެސް ދެވަނަ ފުރުޞަތު ނުދިނުމަކީ ތިބާއަށް ކުރަންޖެހޭނެ ކަމެކެވެ. އެއީ ތިބާއަށް އުފުލަން ޖެހޭނެ ޒިންމާއެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް