އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ޢައްޔަންކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ޢައްޔަންކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ޢައްޔަންކުރައްވައިފިއެވެ.

1964ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17ވަނަ ދުވަހު އުފަން މ.ޖ. ޢަބްދުއްރަޙީމް 18 ފެބްރުއަރީ 1985ގައި އެމްއެންޑީއެފްގައި ޚިދުމަތަށް ނުކުމެވަޑައިގަތުމުގެ ކުރިން މަޖީދިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލުކުރެއްވިއެވެ. ސްކޫލް ދައުރުގައިވެސް އޭނާގެ ލީޑަރޝިޕް ޤާބިލުކަން ދައްކުވައިދީފައިވެއެވެ. އެގޮތުން، ސްކޫލް ކެޑޭޓް ކޯޕްސްގެ ރެޖިމެންޓަލް ސާޖަންޓް މޭޖަރގެ މަޤާމުގެ އިތުރުން އެސްކޫލްގެ ޕްރިފެކްޓް އަދި ހައުސް ކެޕްޓަނެއްގެ މަޤާމު ވެސް އަދާކުރެއްވިއެވެ.

އަބްދުއްރަހީމްގެ އަސްކަރީ ކެރިއަރު ފައްޓަވައި، އެމެރިކާގައި ރޭޑިއޯ ޓެކްނިކަލް ކޯހެއް ކާމިޔާބުކަމާއެކު ފުރިހަމަ ކުރައްވައި، އެ ކޯހުން އެއް ވަނަ ހޯއްދެވިއެވެ. އަބްދުއްރަހީމް ވަނީ ސެކަންޑް އިން ކޮމާންޑްގެ މަގާމް ފުރުއްވުމަށް ސިގްނަލްސްގެ ރޭންކުތަކުގެ ތެރެއިން ތެދުވެ، އެ ހިދުމަތް ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޢަބްދުއްރަޙީމަކީ ސްރީލަންކާ ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުން ދަސްވެނިވެފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެމްއެންޑީއެފް އެންސީއޯ ކެޑާ ކޯހާއި ސިގްނަލްސް ޔަންގް އޮފިސަރާއި ޕާކިސްތާނުގެ މިޑް ކެރިއާ ކޯހާއި އިންޑިއާގެ ކޮލެޖް އޮފް ޑިފެންސް މެނޭޖްމަންޓްގެ ޑިފެންސް މެނޭޖްމަންޓް ކޯހުގެ އިތުރުން ތަފާތު ތަމްރީންތައް ހައްދާވާފައިވެއެވެ.

މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ވަނީ 11 ޑިސެމްބަރ 2018 އިން 17 ނޮވެމްބަރ 2023އަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ފުރުއްވާފައެވެ. ޢަބްދުއްރަޙީމްގެ އަސްކަރީ ކެރިއަރުގައި، އެމްއެންޑީއެފް ސެނަހިޔާ ހޮސްޕިޓަލްގެ ކޮމާންޑަންޓް، ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރ، ޑިރެކްޓަރ ޖެނެރަލް އޮފް މިލިޓަރީ އިންޓެލިޖެންސް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ކޮމާންޑިންގ އޮފިސަރ އޮފް ސްޕެޝަލް މަޤާމު ފަދަ މަޤާމުތައް ފުރުއްވާފައިވެއެވެ.

ޢަބްދުއްރަޙީމަކީ ސްރީލަންކާ ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުން ދަސްވެނިވެފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެމްއެންޑީއެފް އެންސީއޯ ކެޑާ ކޯހާއި ސިގްނަލްސް ޔަންގް އޮފިސަރާއި ޕާކިސްތާނުގެ މިޑް ކެރިއާ ކޯހާއި އިންޑިއާގެ ކޮލެޖް އޮފް ޑިފެންސް މެނޭޖްމަންޓްގެ ޑިފެންސް މެނޭޖްމަންޓް ކޯހުގެ އިތުރުން ތަފާތު ތަމްރީންތައް ހާސިލްކުރައްވާފައިވެއެވެ.

އެމްޖީ އަބްދުއްރަހީމަކީ ހަވާއީގެ އޭޝިއާ ޕެސިފިކް ސެންޓަރ ފޯ ސެކިއުރިޓީ ސްޓަޑީޒް (އޭޕީސީއެސްއެސް)ގެ ކުރީގެ ދަރިވަރެކެވެ.

ޢަބްދުއްރަޙީމް ވަނީ މިނިސްޓަރ އޮފް ޑިފެންސް އަދި ޗީފް އޮފް ޑިފެންސް ފޯސްގެ އެޕެކްސް އެޑްވައިޒަރީ ކައުންސިލް ހިމެނޭގޮތަށް އެމްއެންޑީއެފްގެ ފާހަގަކޮށްލެވޭ ބޯޑުތަކާއި ކޮމިޓީތަކަށް ޢައްޔަންކުރައްވާފައެވެ. އަދި ސިފައިންގެ ރަސްމީ ތަރުޖަމާނުގެ މަގާމުވެސް ހަތަރު އަހަރަށްވުރެ ދިގު މުއްދަތެއްގައި ފުރުއްވާފައިވެއެވެ.

ޢަބްދުއްރަޙީމްގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 17އަށްވުރެ ގިނަ ސަރވިސް މެޑަލް އާއި ރިބަން އަރުވާފައިވާއިރު، އޭގެ ތެރޭގައި ޕްރެޒިޑެންޝަލް މެޑަލް، ޑިސްޓިންގްވިޝްޑް ސަރވިސް މެޑަލް، ލޯ ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު