އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއަށް ކުރެވޭ ކުށް ޤަބޫލުނުކުރުމަކީ ކިހާބޮޑު ނުރައްކާތެރިކަމެއްކަން އެނގޭތަ؟

ތިމާއަށް ކުރެވޭ ކުށް ޤަބޫލުނުކުރުމަކީ ކިހާބޮޑު ނުރައްކާތެރިކަމެއްކަން އެނގޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ބައެއް މީހުންނަށް ނަމާދުގައި ކުރެވޭ ކުށެއް ނުވަތަ ޤުރްއާން ކިޔެވުމުގައި ނުބައިކޮށް ކިޔެވޭކަން ފާހަގަކޮށްދީފިނަމަ ރުޅި އައުދެއެވެ. ޚާއްޞަކޮށް ކުޑަކުއްޖަކު އެފަދަ ބަހެއް ބުނެފިނަމަ ވަކިންބޮޑަށް ރުޅިގަދަވެއެވެ. އެކުއްޖަކު ލަދުގަންނާނެ ފަދަ ބަސްތައްވެސް ބުނެއެވެ. 

އިމާމަކު ވިޔަސް އަދި އެހެން މީހަކުވިޔަސް އެމީހަކަށް ކުރެވޭ ކުށެއް ފާހަގަކޮށްދިނުމުން އެކަން ޤަބޫލުނުކުރުމަކީ އެމީހެއްގެ ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަންވާކަމުގެ ހެއްކެކެވެ. އެފަދަ އިމާމުންގެ ފަހަތުގައި ނަމާދުކުރަންވެސް ބިރުގަންނަން ޖެހެއެވެ. 

It is narrated on the authority of 'Abdullah b. Mas'ud that the Messenger of Allah () observed:

None shall enter the Fire (of Hell) who has in his heart the weight of a mustard seed of Iman and none shall enter Paradise who has in his heart the weight of a mustard seed of pride.

Reference : Sahih Muslim 91b

ސަބަބަކީ އެމީހެއްގެ ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަމުން ޛައްރެއްގެ މިންވަރުވާ މީހަކުވެސް ސުވަރުގެ ނުވައްދަވާނެކަން ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ. 

ކުރެވޭ ކުށް ބުނެދޭ މީހާގެ ޢުމުރަށް ނުވަތަ ޢިލްމީ ފެންވަރަށް ނުބަލާށެވެ! އޭނާ ބުނީ ރަނގަޅު ވާހަކައެއް ނަމަ އޮތީ ޤަބޫލުކުރުމެވެ. ކުރެވޭ ކުށް އިޞްލާޙް ކުރުމެވެ. އެހެނީ ކިތަންމެ ބޮޑު ޢިލްމުވެރިއަކަށްވެސް ނުއެނގޭ ކަމެއް އޮވެދާނެއެވެ. އަދި ކުށެއްވެސް ކުރެވިދާނެއެވެ. ވީމާ ކުރެވޭ ކުށެއް މީހަކު ފާހަގަކުރުމުން އެއީ ރަނގަޅު ގޮތްކަން ބަލައި އިޞްލާޙްކުރާށެވެ! ރައްކައުތެރި ގޮތަކީ އެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް