އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައި.ޔޫ.އެމްގެ ދެކުނުގެ ކެމްޕަސް ހިންގުމަށް ތިނަދޫ އިސްލާމީ މަރުކަޒު ހަމަޖައްސައިފި

އައި.ޔޫ.އެމްގެ ދެކުނުގެ ކެމްޕަސް ހިންގުމަށް ތިނަދޫ އިސްލާމީ މަރުކަޒު ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ރާއްޖޭގެ ދެކުނުގައި އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)ގެ ކެމްޕަސް ހިންގުމަށް ގދ. ތިނަދޫގައި ހުރި އިސްލާމީ މަރުކަޒު ޙަވާލުކޮށްފިއެވެ.

އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާގުޅޭ އެެއްްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު މި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން  ވިދާޅުވީ މިއަދަކީ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާ ދުވަހެއް ކަމަށެވެ. އަދި މިފުރުސަތު ފަހިކޮށްދެއްވިކަމަށްޓަކައި މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް، ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ޝުކުރު އަދާކުރެއްވިއެވެ.

މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކައިގައި، މި އެއްބަސްވުމާއިއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ފެށިގެން ދިޔުމުގެ ފުރުސަތު މިއަދު ފަހިވެގެން ދިޔައީތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވެސް ހިމަނުއްވާފައިވާ ކަމެއް ކަމަށާއި މިކަން ކުރިއަަށް މިގެންދެވެނީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަމަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު