އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔަމަހު 59 މީހަކަށް ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް އެހީދީފި

މިދިޔަމަހު 59 މީހަކަށް ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް އެހީދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

މިދިޔަ މާޗްމަހު 59 މީހަކަށް ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މާރިޗު މަހުގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

ޒަކާތު ހައުސް އިން އާންމުކުރި ތަފާސް ހިސާބު ރިޕޯޓުން ދައްކާ ގޮތުގައި ޒަކާތު ފަންޑުން މައިގަނޑު ހަތަރު ދާއިރާއަކުން ބޭސްފަރުވާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ. އެއީ ކެންސަރު ބައްޔާއި ހިތުގެ އޮޕަރޭޝަނާއި ޓްރާންސްޕްލާންޓް އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ. އަދި މީގެއިތުރުން ޒަރޫރީ އެހީ އާއި ސްކޮލަރޝިޕަށްވެސް ޒަކާތު ފަންޑުން ވަނީ ޚަރަދުކޮށްފައެވެ.

މާރިޗުމަހު އެހީގެ ގޮތުގައި 685،026.19 ރުފިޔާ ހަމަޖެހިފައި ހުރި ނަމަވެސް އެހީގެ ގޮތުގައި 878،682.88 ރުފިޔާ ޚަރަދު ކުރެވުނު އިރު ޒަރޫރީ އެހީގެ ގޮތުގައި ޖުމްލަ 17،207.65 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި 2018 ވަނަ އަހަރު ސްކޮލަރޝިޕް އެވޯޑު ކުރެވިފައިވާ ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރަކަށް ކޯސް ފީ އަދި ސްޓައިޕެންޑް ދިނުމަށް 44،563.80 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އިދާރީ މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި ޚަރަދު ކުރެވިފައިވަނީ 374،950.28 ރުފިޔާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު