އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރޭ ތަކެތީގެ ފޮޓޯއާ އެސިފައިގެ ބުދު ހުރި ތަނެގަ ކުރާ ނަމާދު ޞައްޙަވާނެތޯ؟

ދިރޭ ތަކެތީގެ ފޮޓޯއާ އެސިފައިގެ ބުދު ހުރި ތަނެގަ ކުރާ ނަމާދު ޞައްޙަވާނެތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

އަޅުގަނޑަކީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރަކީމެވެ. ހޮސްޓެލްގައި ނަމާދުކުރާނެ ތަނެއް ނެތުމުން ނަމާދުކުރަންޖެހެނީ ކޮޓަރީގައެވެ. ކޮޓަރީގައި ދިރޭތަކެތީގެ ފޮޓޯ އާއި މީހުންގެ ފޮޓޯ އެބަހުރެއެވެ. އެކުވެރިން އެސިފަތަކުގެ ބުދުފަދަ ތަކެތިވެސް ބަހައްޓާފައި އެބަހުއްޓެވެ.

އަޅުގަނޑުގެ ސުވާލަކީ އެފަދަ ކޮޓަރިއެއްގައި ކުރާ ނަމާދު ޞައްޙަވާނެތޯއެވެ.

މިފަދަ ސުވާލަކަށް ޝައިޚް ޢާޞިމް އަލްޙަކީމް ދެއްވާފައިވާ ޖަވާބު:

"މިއީ މިޒަމާނުގައި ވަރަށް އާއްމުކޮށް ކުރިމަތިވަމުން އަންނަ ކަމެކެވެ. ކޮޓަރިފަދަ ތަންތަނުގައި ސިފައެއް ފެންނަން ހުންނަ ފޮޓޯއެއް ނުވަތަ އެފަދަ ބުދު ބެހެއްޓުމަކީ ހުއްދަކަމެއް ނޫނެވެ. އަހަރެމެންގެ ރަސޫލާ (ﷺ) ހަދީޘްފުޅު ކުރައްވާފައިވަނީ، ބުދުތަކާއި އެނޫންވެސް ދިރޭ އެއްޗެއްގެ ސިފަ ޖެހިގެންވާ ތަކެއްޗާއި ކުއްތާ ގެންގުޅޭ ތަންތަނަށް މަލާއިކަތް ބޭކަލުން ވެދެވަޑައި ނުގަންނަވާނެ ކަމަށެވެ.

އެފަދަ ތަކެތި ބަހައްޓައިގެން ކުރާ ނަމާދު ސައްޙަވާ ހާލަތްތަކެއްވެއެވެ. މިސާލަކަށް ހޮސްޓެލްއެއްފަދަ ތަނެއްގައި ދިރިއުޅެންޖެހި، އެތަނުގައި ތިމާއާއެކު ޣައިރު މުސްލިމެއް އުޅެ، އެމީހާ އެކޮޓަރީގައި ބުދު ބަހައްޓާފައި ހުރި ނަމަ (އަދި ނަމާދު ކުރަން އެހެން ތަނަކަށް ދެވެން ނެތްނަމަ) އެފަދަ ހާލަތުގައި އެކޮޓަރީގައި ކުރާ ނަމާދު ސައްޙަ ވާނެއެވެ."

 

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް