އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެއްލުމުގެ ބަދަލުދިނުމާ މަޝްރޫޢުތައް ހިންގަން އެޑްވާންސަށް ފައިސާދިނުން އަލުން މުރާޖަޢާކުރަން ނުޖެހޭތޯ؟ ލީކްވާންހުރި ލޯވަޅުތައް ނުބައްދައި އިޤްޠިޞޯދު ސަލާމަތްކުރެވޭނެތޯ؟

ގެއްލުމުގެ ބަދަލުދިނުމާ މަޝްރޫޢުތައް ހިންގަން އެޑްވާންސަށް ފައިސާދިނުން އަލުން މުރާޖަޢާކުރަން ނުޖެހޭތޯ؟ ލީކްވާންހުރި ލޯވަޅުތައް ނުބައްދައި އިޤްޠިޞޯދު ސަލާމަތްކުރެވޭނެތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ސަރުކާރުގެ މަޤާމުތަކަށް މުވައްޒިފުން އިސްކުރެވެނީ ޤާނޫނާއި އެއްގޮތަށް ކަންކަން ކުރުމަށެވެ. ޤާނޫނާއި އެއްގޮތަށް ކަންކަން ކުރުމުން ގެއްލުމުގެ ބަދަލުދޭން ދައުލަތަށް ޖެހޭނެތޯއެވެ؟ މަޤާމުތަކާއި ޙަވާލުވެ ބޮޑު މުސާރަ ނަގަމުން ޤާނޫނުން ބޭރުން ކަންކަން ނިންމީމާ އެކަމުން ލިބޭ ގެއްލުމުގެ ބަދަލު ރައްޔިތުންގެ ފައިސާއިން (ދައުލަތުގެ ބަޖެޓުން) ދޭންޖެހެންވީ ސަބަބަކީ ކޮބައިތޯއެވެ؟ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ޤާނޫނާއި ޚިލާފަށް އެކަމެއް ކުރި މީހަކު ނޫންތޯއެވެ؟ 

ދެން އޮތީ މަޝްރޫޢުތައް ހިންގަން ކުރިއަށް ފައިސާދޫކުރާ މައްސަލައެވެ. މިއީ މީގެ ދުވަސްކޮޅެއްކުރިން ސަރުކާރުންކުރާ ކަމެއް ނޫނެވެ. ސަރުކާރުން ހުށަހަޅާ ބިޑެއް ކާމިޔާބުކުރެވިއްޖެނަމަ މަޝްރޫޢު ހިންގަން ޙަވާލުކުރަނީ އެފަރާތަކީ އެމަޝްރޫޢު ހިންގުމުގެ މާލީ ޤާބިލްކަން ލިބިފައިވާ ފަރާތެއްކަން އަންގައިދޭ ބޭންކް ގަރަންޓީއެއް ހުށަހެޅުމުންނެވެ. 

ޙަވާލުކުރި މަސައްކަތުގެ އަގު އަދާކުރަނީ މަސައްކަތްކުރާ ވަރަކުންނެވެ. އެންމެ ފަހުބައި އަދާކުރަނީ މަސައްކަތްކޮށްފައިވަނީ ރަނގަޅަށްކަން ޔަޤީންކުރަން އެކަމަށް ކަނޑައަޅާ މުއްދަތެއް ފާއިތުވެ ޔަޤީންކަން ލިބުމުންނެވެ. 

ނަމަވެސް މިހާރު މިފެންނަނީ މުޅިން ތަފާތު ގޮތަކަށް ކަންކަން ހިނގައި ރައްޔިތުންގެ ފައިސާއިން ބޮޑެތި ޢަދަދުތަކުން، މިލިއަންތަކުން ގެއްލުންވަމުން އަންނަ ތަނެވެ. މަޝްރޫޢު ހިންގައިގެން އަމިއްލަ ނަފާ ހޯދާގޮތަށް ހުންނަ މަޝްރޫޢުތަކަށްވެސް އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ފައިސާއިން އެޑްވާންސްގެ ގޮތުގައި ދެމުން އަންނަ ތަނެވެ. އަދި މިސްކިތް އެޅުމާއި އެނޫންވެސް ކަންކަމަށް އެޑްވާންސަށް ފައިސާ ދިނުމުން މަސައްކަތް ނުނިންމާތީ ދައުލަތަށް ބޮޑެތި ގެއްލުންތައްވަމުން އަންނަ ތަނެވެ. 

އެފަދަ މައްސަލައެއް ޝަރީޢަތަށް ހުށަހަޅަން ޖެހުނަސް މައްސަލަ ނިމެން އެތައް އަހަރެއް އެބަ ނަގައެވެ. އަދި ޙުކުމް ކުރިނަމަވެސް ދައުލަތަށް ފައިސާ ހޯދޭނެ ގޮތެއްވެސް އޮންނަ ކަމަކަށް ނުވެއެވެ. އޭނާގެ މުދަލެއް ރަޙުނުކުރެވިފައި ނުހުންނާތީއެވެ. ކަރުދާސް ކުންފިނިތަކަށް ފައިސާދޭތީއެވެ. 

މިފަދަ ސަބަބުތަކަށްޓަކައި ގެއްލުމުގެ ބަދަލުދިނުމާއި މަޝްރޫޢުތައް ހިންގަން އެޑްވާންސަށް ފައިސާ ދިނުމުގެ ކަންކަމަކީ އަލުން މުރާޖަޢާކުރަންޖެހިފައިވާ ކަންކަން ކަމަށް ގިނަބައަކު ދެކެއެވެ. 

ރާއްޖެ މިއޮތީ ދަރަނިމައްޗަށް ދަރަނިވެރިވެ އަތްނުފޯރާފަށުގައިކަމަށް މިސަރުކާރުންވެސް ވަނީ ކެންޕޭނުތެރޭގައި ބުނެފައެވެ. އެހެންކަމަށްވާއިރު ފުރަތަމަ ކަމަކަށްވެސް ރައްޔިތުންގެ ފައިސާއިން ލީކްވާންހުރި ލޯވަޅުތައް ނުބައްދައި ޤައުމުގެ އިޤްޠިޞޯދު ސަލާމަތް ނުކުރެވޭނެކަންވެސް ގިނަބައަކު ފާހަގަކުރެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް