އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭގެ ހުރިހާ މަގެއް ހެދުމަށް ސަތޭކަ މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭނެ: މުއްތަލިބް

މާލޭގެ ހުރިހާ މަގެއް ހެދުމަށް ސަތޭކަ މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭނެ: މުއްތަލިބް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

މާލޭގެ ހުރިހާ މަގެއް ހެދުމަށް ސަތޭކަ މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ވިލިމާލޭގެ މަގުތައް ހެދުމަށާއި ފ. ނިލަންދޫގައި އެއަރޕޯޓެއް އެޅުމުގެ ކުރިން ބޭނުންވާ ސާވޭތައް ހެދުމާއި އީއައިއޭ ހެދުން ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލު ކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ, މާލޭގެ މަގުތަކަށް އޮތް ދާއިމީ ހައްލަކީ މާލޭގެ ހުރިހާ މަގެއް ހެދުން ކަމަށެވެ.

އެކަން މި އަހަރު ފެށިގެން ދާނެ ކަމަށާ މި މަޝްރޫއުގެ އަގު ސަތޭކަ މިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ ،ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި މަސައްކަތުގެ ދަށުން މާލޭގެ އެއްގަމު ތޮށި ބޭރަށް ޖެއްސުމާއި ނަރުދަމާ އާއި ފެނުގެ ނިޒާމު އެޅުން ވެސް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު