އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު
ޢަލީ އިޙްޞާން ފިރާޤް
އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމުލް ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ.
ތިޔަބައިމީހުންގެ ކުރީން އުޅުނު މީހުންގެ ތެރޭގައި ﷲ އެމީހަށް ވަރަށް ގިނަ މުދާ ދެއްވައިފައިވާ މީހަކު އުޅުނެވެ. އޭނާ މަރުބަލީގައި އޮވެގެން އޭނާގެ ދަރީން އެއްކޮށްފައި ބުންޏެވެ. [ތިމަންނާއަކީ ކޮންކަހަލަ ބައްޕައެއް ހެއްޔެވެ؟] އެކުދީން ޖަވާބު ދިނެވެ. [ބައްޕާއަކީ ވަރަށް ރަނގަޅު ބައްޕައެކެވެ.] އެމީހާ ބުންޏެވެ. [ތިމަންނާ ދުވަހަކުވެސް ހެޔޮ ޢަމަލެއް ނުކުރަމެވެ. ތިމަންނާ މަރުވުމުން އަންދާލައި، ފުނޑުފުނޑުކޮށްލައިފައި އަޅިތައް ވަޔަށް ބުރުވައިލާށެވެ.] ދެން އޭނާގެ ދަރިން އޭނާ އެދުނުގޮތަށް ކަންތައްކުރިއެވެ. ނަމަވެސް ﷲ އޭނާގެ ހަށިގަނޑުގެ ބައިތައް އެއްކުރައްވައި ފުރާނަ އެޅުއްވުމަށްފަހު ވަޙީ ކުރެއްވިއެވެ. [އެގޮތަށް ކަންތައް ކުރުމަށް އެންގީ ކީއްވެގެން ހެއްޔެވެ؟] އޭނާ ޖަވާބުގައި ބުންޏެވެ. [އިބަރަސްކަލާނގެ ރަސްކަންފުޅުދެކެ ބިރުންނެވެ.] ދެން ﷲ އެނާގެ މައްޗަށް ރަޙްމަތްލައްވައި އޭނާގެ ފާފަތައް ފުއްސެވިއެވެ.
{ البخاري (ت ٢٥٦)، صحيح البخاري ٣٤٧٨ •}
Advertisement
5 ޖެނުއަރީ 2024