އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަނަވަސްކަމުގަ ހުރެ އެހެން މީހުންނަށް އެޙީތެރިވެވޭނަމަ ޙަޤީޤީ އެކުވެރިން ވަކުކުރާކަށް ނޭނގޭނެ! އެނގޭނީ ދަތިޙާލުގަ އުޅެން ޖެހިއްޖެނަމަ!: މުފްތީ މެންކް

ތަނަވަސްކަމުގަ ހުރެ އެހެން މީހުންނަށް އެޙީތެރިވެވޭނަމަ ޙަޤީޤީ އެކުވެރިން ވަކުކުރާކަށް ނޭނގޭނެ! އެނގޭނީ ދަތިޙާލުގަ އުޅެން ޖެހިއްޖެނަމަ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

މިޒަމާނުގައި ތިބާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ ނުވެސް ދަންނަ މީހުން އައިސް އޭނާއަކީ ވަރަށް ކުރީގެ އެކުވެރިއެއްކަމަށްބުނެގެންވެސް އެކުވެރިކަން އުފައްދަން މަސައްކަތްކުރާނެއެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ އެމީހުންނާއި މިބުނެދޭ ޒާތުގެ އެންމެންނަކީވެސް ތިބާގެ އެކުވެރިންނެއް ނޫނެވެ! ތިބާގެ ހުރި ތަނަވަސްކަމުގެ އެކުވެރިންނެވެ.

އެއްދުވަހު ތަނަވަސްކަމުގައި އުޅޭ މީހުންނަށް އަނެއްދުވަހު ފަޤީރު ޙާލުގައި އުޅެންޖެހެއެވެ. އެއް ދުވަހު ގަދަވެ ސަލާމަތުން ތިބޭ މީހުންނަށް އަނެއްދުވަހު ބަލިޙާލުގައި ދިރިއުޅެން ޖެހެއެވެ. އެއްދުވަހު އުފަލުގައި ދިރިއުޅެވޭ މީހުންނަށް އަނެއް ދުވަހު ހިތާމަތައް ކުރިމަތިވެއެވެ. މިއީ ދުނިޔޭގެ ޤާނޫނެވެ. ދުނިޔެ ހިނގަމުންދާނީ މި ޤާނޫނަށެވެ.

ދިރިއުޅުމުގައި ކޮންމެ ދުވަހަކުހެން ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. އަދި ކުރިމަތިވާ ބައެއް ކަންކަމުގެ ސަބަބުން ވަރަށް ބޮޑެތި ނިކަމެތިކަންވެސް ކުރިމަތިވެއެވެ. ވަރަށް ދަތިޙާލުގައިވެސް އުޅެން ޖެހެއެވެ.

އެކުވެރިއަކަށް މިފަދަ ޙާލަތެއް ކުރިމަތިވުމުން އޮތީ އެހީތެރިވެދިނުން ނަމަވެސް ގިނަ ބައަކު ކަންކަން ކުރަނީ އެގޮތަކަށް ނޫނެވެ. އެމީހަކާއި ދުރުހެލިވެއެވެ. ވަކިވެއެވެ. އޭނާގެމަތިން ހަނދާންވެސް ނައްތައިލައެވެ.

މިފަދަ ގޮތެއް ކުރިމަތިވެއްޖެ ނަމަ ދެރަވެ ހިތާމަނުކުރާށެވެ! އުފާކުރާށެވެ! އެހެނީ އެނގިގެން އެދިއައީ އޭނާގެ ޙަޤީޤަތެވެ. އޭނާއަކީ ޙަޤީޤީ އެކުވެރިއެއް ނޫންކަމެވެ. އަދި އޭނާއަކީ މުސްލިމެއްގެ ގޮތުގައި އަމަލުކުރަމުން އަންނަ މީހެއްވެސް ނޫންކަމެވެ. އެފަދަ މީހަކު އެކުވެރިއެއްގެ ގޮތުމަށްވުރެ ނެތުމުން ކުރާފައިދާ މާބޮޑުވާނެއެވެ.

ޙަޤީޤަތަކަށް ބަލައިފިނަމަ ދަތިޙާލެއް ކުރިމަތިވުމުން އެހީތެރިވެ ހިތްވަރުދޭން ތިމާއާއިއެކުގައި މަދުކުރަނީ ވަރަށް މަދު މީހެކެވެ. އެފަދަ މީހުން ކިތަންމެ މަދު ނަމަވެސް ޙަޤީޤީ އެކުވެރިންނަކީ އެއީއެވެ. އެފަދަ މީހުންނަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ! އަދި އެފަދަ މީހުންނާއިއެކު އަބަދުވެސް ސާބިތުވާންވާނެއެވެ!

--މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް