އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސްގެ ޗައިނާ ދަތުރުފުޅަކީ މިޤައުމަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް: ޤާސިމް

ރައީސްގެ ޗައިނާ ދަތުރުފުޅަކީ މިޤައުމަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަކީ މިޤައުމަށް ލިބިގެން ދިޔަ ނުހަނު ބޮޑު ކުރިއެރުމެއް ކަމުގައި  ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެންވިދާޅުވީ ރައީސް ޑރ. މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ނުހަނު ކާމިޔާބު ފުރަމާނަ ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފައިވާތީ އެމަނިކުފާނާއި އަދި އަރިހުގައި ގެންދެވި ދިވެހި ވަފުދަށް ނުހަނު މަރުޙަބާއާއި ތަޙްނިޔާ ފޮނުއްވަމުން ކުރެއްވި އެކްސް ގެ ޕޯސްޓެއްގައެވެ. 

މިކަމާއިގުޅިގެން ގަސީމް ވިދާޅުވެފައިވަނީ:

"ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ނުހަނު ކާމިޔާބު ފުރަމާނަ  ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެންފައިވާތީ އެމަނިކުފާނާއި އަދި އަރިހުގައި ގެންދެވި ދިވެހި ވަފުދަށް ނުހަނު މަރުޙަބާ އާއި ތަޙްނިޔާ އަރިސްކުރަމެވެ.  

މިދަތުރުފުޅުގައި  ދެޤައުމުގެ ދެމެދުގައި ދެކެވުނު ރަސްމީ ވާހަކަތަކުގެ ތެރެއިން ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި ބޮޑެތި ލުއި ތަކެއް ހަމަޖެހިގެންދާނެކަމުގެ އުފާވެރި ޚަބަރު ދިވެހީންނަށް ދެއްވީތީ ނުހަނު އުފާކުރަމެވެ. 

ދިވެހިރާއްޖެ އަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމަށާއި، ޗައިނާއިން ރާއްޖޭގެ ސަރަަހައްދީ ނަޒާހަތްތެރިކަމަށާއި މިނިވަންކަމަށް، ފުރިހަމައަށް އިޙްތިރާމުކުރާކަމަށާއި އަދި ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރުގެ ބޮޑު ގްރާންޓެއް މި ދަތުރުފުޅުގައި ލިބިގެންގޮސްފައިވާއިރު، އެތަކެއް ދާއިރާއިން އެތަކެއް ބިލިއަން ޑޮލަރުގެ ތަރައްޤީގެ އއެއްބަސްވުންތަކުގައި ސޮއިކުރެވިގެން ގޮސްފައިވާކަމީ  މިދަތުރުފުޅުގެ ސަބަބުން މި ޤައުމަށް ލިބިގެން ދިޔަ ނުހަނު ބޮޑު ކުރިއެރުމެއް ކަމުގައި ދެކެމެވެ.    

އަދި މިދަތުރު ފުޅުގައި ޗައިނާއިން ދިވެހިރާއްޖޭގެ ރައީސް އަށް ކިޔުއްވާފައިވާ މަރުޙަބާަ އަކީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކަށް ޗައިނާގައި އަރިސްކޮށްފައިވާ އެންމެ ހޫނު މަރުހަބާ ކަމުގައި ވެސް އަޅުގަނޑު ފާހަގަކުރަމެވެ. 

އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގެ އެއްވެސް ވެރިޔަކު މިފަދަ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައި ނުވެއެވެ.  މިކާމިޔާބު ދަތުރުފުޅުގެ ސަބަބުން ދިވެހިޤައުމަށް މަނިކުފާނު ހޯއްދަވައިދެއްވި އެހީތެރިކަމާއި، ޤައުމަށް ލިބިގެން ދިޔަ ކުރިއެރުންތަކަށްޓަކައި، އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީގެ ފަރާތުން މަނިކުފާނަށް ނުހަނު އުފަލާއެކު ޝުކުރާ ތަޙްނިޔާ އާއި މުބާރަކްބާދު ދެންނެވުމަށްޓަކައި މި ޓުވީޓް އަރިސް ކުރީމެވެ."

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު