އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްދަތިވެގެން ނުވަތަ ތަކްލީފް އުފުލަންޖެހޭތީ ދުނިޔޭގަ އުޅެން ބޭނުން ނުވާ މީހުން މިކަންކަމަށް ވިސްނައިފިނަމަ އެއްވެސް ކަމަކަށް ކަންބޮޑެއް ނުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ހިތްދަތިވެގެން ނުވަތަ ތަކްލީފް އުފުލަންޖެހޭތީ ދުނިޔޭގަ އުޅެން ބޭނުން ނުވާ މީހުން މިކަންކަމަށް ވިސްނައިފިނަމަ އެއްވެސް ކަމަކަށް ކަންބޮޑެއް ނުވާނެ! އިން ޝާ ﷲ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ބައްދަލުވާ ބައެއް މީހުން ބުނެއެވެ! "ދުނިޔޭގައި އުޅޭކަށް ބޭނުމެއް ނޫނެވެ." އެއީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނެއެވެ. "ކުރިމަތިވާ މައްސަލަތައް ގިނަކަމުންނެވެ." ދުނިޔޭގައި އުޅެން ބޭނުން ނުވާނަ ދާނީ ކޮން ތަނަކަށްތޯ ސުވާލުކުރުމުން ބުނެއެވެ. "މަރުވާނީއެވެ." އަހުރެން ބުނަމެވެ. މަރުވުމަކީ އެއްވެސް މައްސަލައެއް ޙައްލުކުރެވޭނެ ކަމެއް ނޫނެވެ. އަމިއްލައަށް މަރުވެއްޖެނަމަ ދެން ކުރިމަތިލާންޖެހޭ މައްސަލަތައް މާބޮޑުވާނެއެވެ. 

އަހުރެން ބުނަމެވެ. "އަހުރެމެންގެ ތެރެއިން އެއްވެސް މީހަކު މިދުނިޔެއަށް އައީ އަމިއްލައަކަށް ނޫނެވެ. އަމިއްލައަށް ދުނިޔެއަށް އަންނަން ބޭނުންވެގެން ދުނިޔެއަށް އައިސްހުރި (އުފަންވި) ހަމައެކަކުވެސް ނުހުންނާނެއެވެ. އަހުރެމެން ދުނިޔެއަށް ފޮނުއްވަވަނީ ﷲ ތަޢާލާއެވެ. އަދި ދުނިޔެއަށް ފޮނުއްވަވަނީ އިމްތިޙާން ކުރެއްވެވުމަށެވެ." 

އަދިވެސް އަހުރެން ބުނަމެވެ. "މާޔޫސްވެ ކަރު އެލުވައިނުލާށެވެ! ކުރިމަތިކުރައްވަވާ އިމްތިޙާންތަކުން ފާސްވާން ގަދައަޅައި މަސައްކަތްކުރާށެވެ! ފާސްވެއްޖެނަމަ ދެއްވަވާ ނިޢުމަތްތައް ފެނުމުން ތިބާ ކަންބޮޑުވާނީ ދުނިޔޭގައި ކުރިމަތިކުރެއްވެވި އިމްތިޙާންތައް މަދުވެގެންނެވެ. އުފުލަން ޖެއްސެވި ތަކްލީފްތައް ކުޑަވެގެންނެވެ." 

އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟ ބޮޑެތި ތަކްލީފްތައް އަދި ގިނަގިނައިން ތަކްލީފްތައް އުފުލަން ޖައްސަވަނީ އަހުރެމެންނަށް ސުވަރުގެއިން ދެއްވަވާ ދަރަޖަ މަތިކުރައްވަވަން ވެގެންނެވެ. އެއްވެސް ޙާލެއްގައި އެއްވެސް މީހަކަށް ދެރައެއް ދެއްވެވުމަކަށް ނޫނެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވަނީ އިންސާނުންނަށް ކަމަށްވާއިރު އެއްވެސް މީހަކަށް ދެރައެއް ނުދެއްވަވާނެކަން އެއީ ޔަޤީންކަމެއް ނޫންހެއްޔެވެ؟ 

ލޮބުވެތިއެކުވެރިންނޭވެ! ދުނިޔޭގައި ކިތަންމެ ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހުނަސް މިމޭރުމުން ވިސްނައިފިނަމަ އެމީހަކު ކަންބޮޑެއް ނުވާނެއެވެ. ހުންނާނީ އުފަލުންނެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް