އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެތެރެއާ ބޭރުން އަންނަ ޙަމަލާތަކުން ދިފާޢުވުމަށް އިޚްލާޞް. ފަލަޤް، އައްނާސް ސޫރަތް ކިޔަވަންޖެހޭކަން މީސްތަކުންނަށް އަންގައިދެވެންޖެހޭ!: ޑރ. ޝަހީމް

އެތެރެއާ ބޭރުން އަންނަ ޙަމަލާތަކުން ދިފާޢުވުމަށް އިޚްލާޞް. ފަލަޤް، އައްނާސް ސޫރަތް ކިޔަވަންޖެހޭކަން މީސްތަކުންނަށް އަންގައިދެވެންޖެހޭ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 50 ސިކުންތު

ދެން މީގެ ތެރޭގަ ހިމެނެނީ އަޅުކަމުގެ ފިޤުހު. އެހެން ތާޒާ ކުރުމުގެ ޕްރޮގްރާމްތަކާއި ޚިލާފަށް މީގެ ތެރޭގައި ވަރަށް ޢިލްމީ ގޮތެއްގައި ފުޅާކޮށް ނަމާދާއި ގުޅޭ ފިޤްހީ ބައިތަކާއި އޭގެ مَبْدَعُ ތައް ކިޔައިދެވޭނެ. ކީރިތި ޤުރްއާންގެ تفسير އެ تَدَبُّرْ މިތާޒާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން އިމާމުންނަށް އުނގަންނައިދެވޭނެ. އަދި މި ތާޒާ ކުރާ ޕްރޮގްރާކަމަށް ވީނަމަވެސް މީގެ ތެރޭގަ އެބަހިމެނޭ ވަރަށް މުޙިއްމު މާއްދާއެއް އެއީ القْرُأنއިން އަރަބިބަސް އުނގެނޭނެ ގޮތް ދަސްކޮށްދިނުން. 

އެ ވަރަށް މުޙިއްމު ކަމެއް، މިސާލަކަށް އިމާމެއް ވެއްޖިއްޔާ އެންމެ ކުޑަމިނުން سُوْرَةُالفآتِحةގައި މިބުނާ ކަންތައްތަކަކީ ކޮބައިކަން އެނުގމަކީ ވަރަށް މުހިއްމު ކަމެއް. سُوْرَةُالفآتِحةއަކީ، މީ ކީރިތި قْرُأنގެ ޚުލާސާ، މުޅި ކީރިތި قْرُأن ގެ ޚުލާސާ އެ سُوْرَةُالفآتِحة. سُوْرَةُالفآتِحة.މާނާ އެންމެ ކުޑަމިނުން އިމާމުންނަށް އެނގުމަކީ އެއީ ވަރަށް މުޙިއްމު ބޭނުންތެރިކަމެއް. އެހެންވީމަ ކިހިނެއްތޯ سُوْرَةُالفآتِحةއާއި  އަދި عَمّآފޮތުގެ މިހުރި ސޫރަތްތަކުގެ މާނަތައް ދަނެގަނެވޭނެގޮތް قْرُأنއިން އަރަބިބަސް ދަސްކުރުން މިކަހަލަ މާއްދާއެއް މިޢިލްމީ މިތާޒާ ޕްރޮގްރާމް ތެރޭގަ ހިމެނިފަ އޮންނާނެ. ތިޔަ ބޭފުޅުންނަށް  އަރަބިބަސް އުނގެނެން އަޅުގަނޑަށް އެނގޭ އިމާމުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން އަރަބިބަސް އުނގެނެން ޝައުޤުވެރިވާ ބޭފުޅުން ތިއްބަވާކަން އަދި ވަރަށް މަސައްކަތްކުރައްވާކަންވެސް އެނގޭ.

އަސްލުގަ އެންމެ ފަސޭހައިން ޢަރަބިބަސް ދަސްވާނީ قْرُأنއިން . އެއީ ޢަރަބިބަސް އުނގެނެމުން އެقْرُأن  تَطْبِيْقْކޮށް ދަސްކުރަމުން ދާކަމުގަވަނީނަމަ ވަރަށް ފަސޭހަ ކަމަކަށްވާނެ. قْرُأن އިން އެކަނިވެސް ޢަރަބިބަސް ދަސްކުރެވިދާނެ ވަރަށް ފަސޭހަކޮށް. ދެން  قْرُأن تَدَبُّرْކުރުމުގެ ވާހަކަވެސް تفسيرގެ ތެރޭގައި އަންނާނެ. 

އަޅުގަނޑުމެން ވަރަށް ގިނައިން ކިޔަމު ދެއްތޯ سُوْرَةُالنّاسގެ އާޔަތްތައް سُوْرَةُالْفَلَقْ އާޔަތްތައް. އެކަމަކު މި ދެސޫރަތުގަ މި ބަޔާންކޮށްދޭ ހަޤީޤަތްތަކުގެ ތަފާތު ވިސްނަން އެބަޖެހޭ. سُوْرَةُالْفَلَقْގެ ކޮންކަމަކުން ދުރުވެ ދުރުކޮށްދެއްވުމަށްތޯ ސަލާމަތްކޮށްދެއްވުމަށްތޯ ﷲގެ حَضْرَةން މިއެދެނީ. އިންސާނާގެ އަމިއްލަ ތަސައްރުފުން  ބޭރުން އިންސާނާއަށް އަންނަ ހަމަލާތަކުން ސަލާމަތްވުމަށް.  سُوْرَةُالنّاسގެ މިއެދެނީ ކޮންކަމަކުން ސަލާމަތްވާންތޯ އިންސާނާގެ އަމިއްލަ ނަފްސުން އިންސާނާއަށް އަންނަ ހަމަލާއަކުން ސަލާމަތްވުމަށް އެއީ ވަސްވާސް.  سُوْرَةُالْفَلَقْގެ މިއެދެނީ އޭނާގެ ތަސައްރުފުން  ބޭރުން އެހެންމީހުންގެ ކިބައިން އަންނަ ހަމަލާއަށް ސަލާމަތްވުމަށް . حَسَدَ ވެރިކަން سِحْرُވެރިކަން އެހެން އަންނަ އެ ހަތަރު ކަންތައްތަކެއްގެ ވާހަކަ. އެއީ އިންސާނާގެ ތަސައްރުފުން ބޭރުން އޭނައަށް ކުރިމަތިވާ ކަންތައްތަކެއް. އެކަމުގެ سُوْرَةُالنّاسގެ މިއަންނަނީ އެތެރެއިން އަންނަ ހަމަލާއެއްގެ ވާހަކަ. އެކަމަކު އެތެރެއިން މިއަންނަ ހަމަލާއަކީ އެއީ ކުރިން މިދެންނެވި ސޫރަތުގެ މިވާ ހަތަރު ހަމަލާއަށް ވުރެ ބޮޑު ހަމަލާ އަކަށް ވާތީ ﷲ حَضْرَةގަ ﷲގެ އެންމެ މަތިވެރި ތިން އިސްމްފުޅުން ﷲ އަށް މިދުޢާ ދެންނެވެނީ. رَبِّ النَّاسِ مَلِكِ النَّاسِ إِلَٰهِ النَّاسِ ކިހާ ބޮޑު ކަމަކުން ސަލާމަތްކޮށްދެއްވުމަށް ﷲގެ ތިން އިސްމު ފުޅުން ﷲގެ حَضْرَةގަ ދުޢާ ދެންނެވެނީ. 

އެއީ ކީއްވެގެންތޯ އެ قْرُأنގެ تَدَبُّرْ. އެއީ އަދި تفسيرއެއްނޫން އެއީކީ. މިކަންކަމާއި ބެހޭގޮތުން މީއަދި ވަކިޚާއްސަ ޢިލްމެއް. އެކަމުގެ ބޮޑުކަމުން އެއީމީހެއްގެ ހިތަށް ވަސްވާސް ވަދެއްޖެއްޔާ ދެން އޭނަ وُضُوْء ކޮށްގެން ނުކުތަސް އެ  وُضُوْء ނުކުރާ ކަމަކަށް އެނައަށް ޤަބޫލްކުރެވޭ. އަނބިމީހާ ދޭތެރޭ ޝައްކުވެ ފިރިމީހާއާ ދޭތެރޭ ޝައްކުވެ އެންމެ ފަހުން އަމިއްލަ ނަފްސް ހަލާކުގެ ތެރެއަށް ވައްޓާލާ ހިސާބަށް ކަންތައްތައްދޭ. 

سُوْرَةُالْفَلَقْގެ މިއަންނަނީ އަނދިރިކަމުން އިންސާނާއަށް ދިމާވާ ކަންތައްތައް  އަނދިރި ކަމުގެ މާހަޢުލުގަ ތެރޭގަ އިންސާނާއަށް ދިމާވާ ހަސަދަ. ޢިލްމުވެރިން ބަޔާންކޮށްފައި އޮންނަނީ ޙަސަދަވެރިކަމާއި ސިހުރާއި މި ހުރިހާ ކަމެއް އިންސާނާއަށް އައިސް މިޖެހެނީ ރޫޙާނީ ގޮތުން އައިސް މިތަކެތި އައިސް މިޖެހެނީ ރޭގަނޑުގެ ވަޤުތުގައޭ، އަނދިރި ވަޤުތުގައޭ، އެހެންވީމަ سُوْرَةُالْفَلَقْގެ رَبِّ الْفَلَقِ މިހެން ﷲ ފައްޓަވާފައިވަނީ، الْفَلَقِ އެއީ އަލިކަން ފަޅުއްވާ ރަސްކަލާނގެއެވެ. 

އެހެންވީމަ މިސޫރަތް ކިޔަވާ މިހާގެ ޙަޔާތުގަ އަބަދުވެސް ﷲގެ  حَضْرَةން އަލިކަން ލެއްވިފަވާނޭ. އޭނާ އެނުރައްކަލުން ސަލާމަތްވުމަށްޓަކައި. އެހެންވީމާ تَدَبُّرْ قْرُأنގެއާޔަތްތައް  تَدَبُّرْ ކުރުމާއި އަދި تفسير ޢިލްމް އުނގެނުމަކީ އެއީ ވަރަށްވެސް ބޭނުންތެރި މުހިއްމުކަމެއް. 

- 700 އިމާމުން ތާޒާކުރުމުގެ މަޝްރޫޢޫ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ދެއްކެވި ވާހަކަފުޅުން-

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު