އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރުގެ ރަމަޟާން މަހު ނިޔާވި ހެޔޮ ލަފާ މީހަކަށްވެސް މަރުގެ މަލާއިކަތުން ފެނުނު!

މިއަހަރުގެ ރަމަޟާން މަހު ނިޔާވި ހެޔޮ ލަފާ މީހަކަށްވެސް މަރުގެ މަލާއިކަތުން ފެނުނު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

ބައެއް މީހުން އެންމެ ފަހު ނޭވާ ދޫކުރަނީ ވަރަށް ދަތި ޙާލުގައި އުޅެމުންނެވެ. އަނެއް ބައަކު ހަމަޖެހިލައިގެން ތިބެއެވެ. އުފަލުން ހިނިތުންވެ ތިބެއެވެ. އެގޮތުގައި، އުފަލުގައި، ހިނިތުންވެ ތިބެ މަރުވުމަކީ އިންތިހާއަށް މަދުން ނޫނީ ފެންނަ ކަމެއް ނޫނެވެ.

 

މިއަހަރުގެ ރަމަޟާން މަހުވެސް ހެޔޮ ލަފާ މީހަކު ވަނީ ވަރަށް އުފަލުގައި ދުނިޔެ ދޫކޮށްފައެވެ. އޭނާގެ ހާލު ބޮޑުވުމުން ޢާއިލާގެ އެންމެން އެއިރު ވަނީ ގެއަށް ޖަމާވެފައެވެ. އެ ވަގުތުވެސް ދިއައީ ޢާއިލާގެ މީހުންނަށް ހިތްވަރު ދެމުންނެވެ. އޭނާ މަރުވި ނަމަވެސް ހިތާމަކުރަން ވަގުތު ހޭދަކުރުމުގެ ބަދަލުގައި ކޮންމެ މީހަކީވެސް މަރުވާނެ މީހެއް ކަމަށް ޔަޤީންކޮށްގެން މަރަށް ތައްޔާރުވާން މަސައްކަތް ކުރުމަށެވެ. ވީހައި ގިނައިން ހެޔޮ އަމަލުތައް ކުރުމަށެވެ. ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ފާފަވެރިވެދާނެ ކަމަށް ޝައްކުކުރެވޭ ކަމެއްވެސް ނުކުރުމަށެވެ.

 

ކުއްލިއަކަށް ވާހަކަ ދެއްކުން ހުއްޓައިލުމަށްފަހު ހިނިތުންވަމުން ބުނީ އައިސް އެތިބަ މެހްމާނުންނަށް މަރުހަބާ ކިޔައި އަވަހަށް ގެއަށް ވެއްދުމަށެވެ. އެންމެން ބޭރަށް ނުކުމެ ބެލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަދި އެވަގުތު ވެގެންދިއައީ އޭނާ ޝަހާދަތް ކިޔައި ދުނިޔެ ދޫކުރި ވަގުތަށެވެ.  

 

މިބާވަތުގެ ހާދިސާތައް އަބަދުވެސް ދަނީ ފެންނަމުންނެވެ. ހަމަ މިބާވަތުގެ ކަމެއްގެ ވާހަ މީގެ ކުރީގެ ދަރުސެއްގައިވެސް ހާމަކުރީމެވެ. އެހެންކަމުން މިކަންކަމަކީ ހަމަ ހިނގަމުންދާ ކަންކަން ކަން އެބައެނގެއެވެ.

 

މީހެއްގެ މަރުމަތީގައި މަރު ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތް ބޭކަލުން، މަރުވާ މީހުންނަށް ފެނުމަކީ އެހައި އާދައިގެ ކަމެއް ނޫނެވެ. ފެނުމުން ދެން ވާނީ މިވެނި ގޮތެއް ކަމަށް (މަރުވުމަށްފަހު ވާނެ ގޮތް) ބުނަން ނުއެނގުނު ނަމަވެސް ވަރަށް ހެޔޮލަފާ ޞާލިޙް އަޅަކަށް ނޫނީ އެފަދަ މަތިވެރި ނިޢްމަތެއް މިންވަރު ކުރައްވަވާނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ.

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހެޔޮ ލަފާ ޞާލިޙް އަޅަކަށްވުމަށް ގަދައަޅައި މަސައްކަތް ކުރާ މީހަކަށްވާށެވެ! މި ފަނާވަނިވި ދުނިޔެ ދޫކޮށް ދާންޖެހޭނީ ކޮންވަގުތަކުކަން އެނގޭ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އެކަން އެނގޭނަމަ ހަމަ އެކަކުވެސް ތައުބާ ނުވެ ނުހުންނާނެއެވެ. އަދި ފާފަ ކުރާ މީހުންވެސް މަދުވާނެއެވެ.

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް