އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްދަތިޙާލަތެއް ކުރިމަތިވުމުން ކުރުން އެންމެ ރަނގަޅު ދުޢާއަކީ ކޮބައިތޯ؟

ހިތްދަތިޙާލަތެއް ކުރިމަތިވުމުން ކުރުން އެންމެ ރަނގަޅު ދުޢާއަކީ ކޮބައިތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 39 ސިކުންތު

"ހިތާމައެއް ކުރިމަތިވުމުން ކުރުން އެންމެ ރަނގަޅު ދުޢާއަކީ ކޮބައިތޯ؟" މިއީ ވެސް ވަރަށް ގިނައިން ކިޔުންތެރިން ކުރައްވާ ސުވާލެކެވެ. 

ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ ހިތާމައާއި ހިތްދަތިކަމުގެ ޙާލަތުގައި ކުރަން ހުރި ވަރަށް ގިނަ ދުޢާތައް ސުންނަތުގައި ބަޔާންވެގެންވެއެވެ. 

މިލިޔުމުގައި އެވަނީވެސް އެފަދަ ދުޢާއެކެވެ. އަދި އެވަގުތު ޙާލަތުގެ ގޮތުން ދުޢާކުރަން އުނދަގޫނަމަ ޛިކުރުކުރާށެވެ! އަސްތަޣްފިރުﷲ ނަމަވެސް ކިޔާށެވެ! ﷲ ތަޢާލާގެ ރަޙްމަތަށް އެދޭށެވެ.

ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ކުރާ ދުޢާ

كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ عِنْدَ الْكَرْبِ: «لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ.

لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ.

لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ رَبُّ الْعَرْشِ الْكَرِيمِ».

[مُتَّفَقٌ عَلَيْهِ] 

ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ނަބިއްޔާ صلى الله عليه وسلم މިފަދައިން ވިދާޅުވާކަމުގައިވެއެވެ.  

لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ.

لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ.

لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ رَبُّ الْعَرْشِ الْكَرِيمِ. 

މާނައީ: "މަތިވެރިވެ ޙިލްމުވެރިވެވޮޑިގެންވާ ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.

މަތިވެރި ޢަރުޝުގެ ވެރި ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.

އުޑުތަކުގެ ވެރި ރައްބު، ބިމުގެ ވެރި ރައްބު އަދި މާތް ޢަރުޝުގެ ވެރި ރައްބުކަމުގައިވާ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ." 

[ރިވާކުރެއްވީ އިމާމް ބުޚާރީއާއި އިމާމް މުސްލިމް رحمهما الله]

___________________________________

الأذكار والآدابޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله  

 

- މަސްދަރު: ދިސަލަފިއްޔާ

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް