އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންނަ ހަފްތާގައި ފްލެޓް ދޫކުރަން ފަށަނީ!

އަންނަ ހަފްތާގައި ފްލެޓް ދޫކުރަން ފަށަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފައްޓަވާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން ވަޒީރު ޢަލީ ޙައިދަރު ވިދާޅުވީ ފްލެޓް ދޫކުރުމުގެ މަސައްކަތަށް ޚާއްސަ ކޮމިޓީއެއް ނެގުމަށް ނިންމަވާފައިވާކަމަށާއި ޕޯޓަލްގެ އެކްސެސް މި ހަފްތާ ތެރޭގައި ވުޒާރާއަށް ދޭނެކަމުގެ ޔަޤީންކަން އޭސީސީން ދެއްވާފައިވާއިރު އަންނަ ހަފްތާގައި ފްލެޓް ދޫކުރުމާއި ގުޅޭ ކަންކަން ފައްޓަވާނެކަމަށެވެ.

"2-3 ދުވަހުގެ ތެރޭގައި އެކްސެސް ލިބޭނެ. އޭރުން ލިސްޓުގައި ހިމެނޭ މީހުން ކަނޑައެޅިގެން އެނގޭނީ. އޭރުން އިތުރަށް މަޢުލޫމާތު ޔަގީންކޮށް، ގުޅައި އެމީހުން ގެނެސް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނަން. 2 ހަފްތާއިން މި މަސައްކަތް ނިމޭނެ." ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަލީ ޙައިދަރު ވިދާޅުވިއެވެ.

ފޯމު ހުށައެޅި މީހުންގެ ތެރެއިން %59.6 ޝަރުތު ހަމަނުވާކަމަށް އޭސީސީގެ ތަޙުޤީޤަށްފަހު އެ ކޮމިޝަނުންވަނީ ހާމަކޮށްފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު