އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަހިފުމުގެ ކުޑަ މޫސުން ފެށިގެން ކުރިއަށްދަނީ! އެންމެ ރޯދައެއްވެސް ހިފައިފިންތަ؟

ރޯދަހިފުމުގެ ކުޑަ މޫސުން ފެށިގެން ކުރިއަށްދަނީ! އެންމެ ރޯދައެއްވެސް ހިފައިފިންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ރޯދަ ހިފުމަށް 2 މޫސުމެއް ވެއެވެ. އެއީ ކުޑަ މޫސުމާއި ބޮޑު މޫސުމެވެ. ކުޑަ މޫސުމަކީ ޝަޢްބާންމަހެވެ. ބޮޑު މޫސުމަކީ ރަމަޟާން މަހެވެ. 

މިއަދަކީ މިއަހަރުގެ ޝަޢްބާންމަހުން 8ވަނަ ދުވަހެވެ. ޝައޢްބާން މަހަކީ އެމަހެއްގައި ރަސޫލް އެންމެ ގިނައިން ސުންނަތް ރޯދަ ހިއްޕެވި މައްސަރެވެ. ބައެއް ރިވާޔަތްތަކުގައިވަނީ އެމަހުގެ 2،3 ދުވަހެއް ފިޔަވައި ހުރިހާ ދުވަސްތަކެއްގައި ރަސޫލް ރޯދަ ހިއްޕެވި ކަމަށެވެ. 

އެހެން މަސްތަކުގައި ނުހިއްޕަވާހައި ގިނައިން ޝައުޢްބާން މަހު ރޯދަ ހިއްޕަވާ ސަބަބު ބަޔާންކުރައްވަވައި ރަސޫލް ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. 

"އެއީ މީސްތަކުން ޣާފިލުވެފައިވާ މަހެކެވެ. ރަޖަބާއި ރަމަޟާން އާއި ދެމެދުގައިވާ މަހެކެވެ. އެމަހަކީ ﷲ ގެ ޙަޟްރަތަށް އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލުތައް ރޯދައަށް ހުންނަވަނިކޮށް އުފުއްލެވުމަށް ލޯބި ކުރައްވަމެވެ".

) اهـ حسنه الألباني في صحيح النسائي (2221).

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް