އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭރުގެ ޢަދާވާތްތެރިންނާއި އެތެރޭގެ ޢަދާވަތްތެރިން ގުޅިގެން މިސަރުކާރު ފުރޮޅާލުމަށް ވަނީ ބައިޢަތު ހިފާފައި: ޑރ. ޝަހީމް

ބޭރުގެ ޢަދާވާތްތެރިންނާއި އެތެރޭގެ ޢަދާވަތްތެރިން ގުޅިގެން މިސަރުކާރު ފުރޮޅާލުމަށް ވަނީ ބައިޢަތު ހިފާފައި: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ރާއްޖޭން ބޭރުގެ ޢަދާވާތްތެރިންނާއި އެތެރޭގެ ޢަދާވަތްތެރިން ގުޅިގެން މިސަރުކާރު ފުރޮޅާލުމަށް ވަނީ ބައިޢަތު ހިފާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅު އުތުރުބުރީ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެން ގއ.ވިލިނގިލީ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކިވާހަކައިގައި ޑރ.ޝަހީމް ވިދާޅުވީ މިސަރުކާރު ފުރޮޅާލުމަށްޓަކައި ގިނަ ބަޔަކު މަސައްކަތްކުރަމުން އަންނަ ކަމަށާއި އެގޮތުން ރާއްޖޭން ބޭރުގެ ޢަދާވާތްތެރިންނާއި އެތެރޭގެ ޢަދާވަތްތެރިން ގުޅިގެން ސަރުކާރު ފުރޮޅާލުމަށް ބައިޢަތު ހިފާފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުން މިކަމާއި ދެކޮޅަށް ބަދަހިކަމާއެކު ތިބެންޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މި ސަރުކާރު ނޫނީ ވެރިކަމަށް އައުމަށްފަހު އެހާ އަވަހަށް ފުރޮޅާލަން މަސައްކަތްކުރި ސަރުކާރެއް ނާންނާނެ ކަމަށެވެ. އެހެންކަމުން އަދާވާތްތެރިންގެ ކިނބައިން މި ޤައުމު ސަލާމަތްކޮށް ސަރުކާރު ދެމެހެއްޓުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޝަހީމް ވަނީ ގޮވާލާފައެވެ.

ޝަހީމް ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޤައުމު އޮތީ ވަރަށް ޙައްސާސް ހާލަތެއްގައި ކަމަށެވެ. އެގޮތުން ދިވެހި އިޤުތިޞާދާއި ދިވެހި ޤައުމިއްޔަތު އޮތީ ވަރަށް ނާޒުކުކޮށްކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މި ހިނގާދިޔަ ގާތްގަނޑަކަށް 13 ހަފްތާގެ މުއްދަތުގެ ތެރޭގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށާއި، އެތައް ސަތޭކަ ބިލިޔަނުން ޤައުމު ދަރާފައިއޮތް ހާލަތުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ރައީސް ކުރެއްވިކަމަށް ޝަހީމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު