އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާނޫނަށް ވުރެ މަތީގައި ވަކި ޤައުމަކަށް އޮވެވިގެން ނުވާނެ! އިޒްރެއިލްގެ އަނިޔާވެރި ޢަމަލުތަށް ހުއްޓުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު އަތުވެއްޖެ!: ދިވެހިރާއްޖެ

ޤާނޫނަށް ވުރެ މަތީގައި ވަކި ޤައުމަކަށް އޮވެވިގެން ނުވާނެ! އިޒްރެއިލްގެ އަނިޔާވެރި ޢަމަލުތަށް ހުއްޓުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު އަތުވެއްޖެ!: ދިވެހިރާއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ބައިނަލްއަޤުވާމީ ޤާނޫނަށް ވުރެ މަތީގައި ވަކި ޤައުމަކަށް އޮވެވިގެން ނުވާނެކަމަށާއި އިޒްރެއިލްގެ އަނިޔާވެރި ޢަމަލުތަށް ހުއްޓުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށާއި އަދި ނަސްލެއް ނައްތާލަން ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނިއްޔަތާ ޚިލާފަށް އިޒްރެއިލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ރާއްޖެއިން ބުނެފިއެވެ.

ފަލަޞްޠީނުގެ މައްސަލައިގައި އޯއައިސީއިން ބާއްވަމުންދާ ޚާއްޞަ ޖަލްސާގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިނގަމުންދާއިރު އަޅައި ނުލައި ތިބެވެން ނެތް ކަމެވެ. އަދި މިކަމަކީ ކުއްލިއަކަށް ކުރިމަތިވިކަމެއް ނޫންކަމަށާއި އެތައް އަހަރުތަކެއް ފާއިތުވެފައިވާ މައްސަލައެއް ކަމަށެވެ. 

މީގެ އިތުރުން ޑރ. ޝަހީމް ވަނީ ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓާލައި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށް ރާއްޖެއިން ގޮވާލާކަމަށް ވިދާޅުވެފައެވެ. 

ޑރ. ޝަހީމް ވިދާޅުވީ އަމާންކަމާއެކު ދިރިއުޅުމުގެ ޙައްޤު ފަލަޞްޠީނުގެ ރައްޔިތުންނާއި ކުޑަކުދިންނަށް އޮންނަން ޖެހޭނެ ކަމުގައެވެ. ފަލަޞްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރަން ޖެހޭ ވަގުތަކީ މިއީކަމާއި ދިވެހިރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަޞްޠީނާއެކުގައި ކަމަށާއި ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ކުރެވެން އޮތް ހުރިހައި ކަމެއް ރާއްޖެއިން ކުރާނެ ކަމުގެ ޔަޤީންކަން މިޖަލްސާގައި ޑރ ޝަހީމް ދެއްވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް