އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހއ. ބާރަށު ބަނދަރު ފުންކުރުމުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހއ. ބާރަށު ބަނދަރު ފުންކުރުމުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ހއ. ބާރަށުގެ ނެރު އަދި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 84 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ މި މަސައްކަތަށް ބޭނުންވާ ޖިއޯބޭގްގެ ޝިޕްމެންޓް މަސައްކަތްކުރާ ސައިޓަށް ގެންގޮސް ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 58 އިންސައްތަ ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 79,100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 8,600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 460 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

12.17 މިލިއަން ރުފިޔާގެ މިމަޝްރޫޢޫގެ އަމަލީ މަސައްކަތް ފަށާފައިވަނީ 1 އެޕްރީލް 2022 ވަނަ ދުވަހުއެވެ. 

އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު