އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭޕްރީލް 21 ވާ އާދިއްތަ ދުވަހު ވޯޓުލާން ނިންމީ ޤާނޫނުގައިވާ މުއްދަތަށް އައު މަޖިލިސް ނުހޮވިދާނެތީ: ފުއާދު

އޭޕްރީލް 21 ވާ އާދިއްތަ ދުވަހު ވޯޓުލާން ނިންމީ ޤާނޫނުގައިވާ މުއްދަތަށް އައު މަޖިލިސް ނުހޮވިދާނެތީ: ފުއާދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

އޭޕްރީލް 21 ވާ އާދިއްތަ ދުވަހު ވޯޓުލާން ނިންމީ ޤާނޫނުގައިވާ މުއްދަތަށް އައު މަޖިލިސް ނުހޮވިދާނެ ކަމަށް ފެންނާތީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤު ވިދާޅުވެއްޖެއެވެ. 

އާންމުކޮށް އިންތިޚާބުތައް ބާއްވަމުން އަންނަނީ ސަރުކާރު ބަންދު ހޮނިހިރު ދުވަހެއްގައެވެ. 

މިކަމާގުޅިގެން ފުއާދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުއާދު ވިދާޅުވީ އޭޕްރީލް 21ވާ އާދިއްތަ ދުވަހަކީ ރޯދަ މަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށެވެ. އަދި މިދުވަހު ވޯޓުލުން ކުރިއަށް ގެންދަވަން ނިންމެވީ މިދުވަހަށްވުރެ އިތުރަށް ލަސްކޮށްފިނަމަ ޤާނޫންގައިވާ ގޮތަށް މިހާރު އޮތް މަޖިލިސް އުވުމުގެ 1 މަސް ދުވަސް ކުރިން އައު މަޖިލިސް ނުހޮވިދާނެތީ ކަމަށް ފުއާދު ވިދާޅުވިއެވެ.

ވޯޓުލާ ތާރީޚަށް ގެންނެވި ބަދަލާއެކު މަޖިލިސް އިންތިޚާބުގައި 560 މީހުންނަށް އަލަށް ވޯޓުލެވޭއިރު މިއިންތިޚާބުގައި ވޯޓުލެވޭ މީހުންގެ އަދަދު 284،887 އަށް ވަނީ އަރާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު