އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަސް އައިސް ޖެހުނުއިރު ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤް ދެއްވެވުން އެދި މިފަދަ މޭރުމުން އެބަ ދުޢާކުރަމު ހެއްޔެވެ؟

ރަމަޟާން މަސް އައިސް ޖެހުނުއިރު ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤް ދެއްވެވުން އެދި މިފަދަ މޭރުމުން އެބަ ދުޢާކުރަމު ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

މިއަހަރުގެ ރަމަޟާން މަސް އައިސް އަތްފޯރާފަށަށް ގާތްވެފައިވާއިރު ރަމަޟާން މަހަށް ތައްޔާރުވާން އެއްވެސް ކަމެއް ކުރެވިއްޖެހެއްޔެވެ؟ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތުގައި ރަމަޟާން މަހާއި ބައްދަލުކުރުމުގެ ފުރުޞަތު ދެއްވެވުން އެދި އެބަ ދުޢާކުރަމުހެއްޔެވެ؟  

މީސްތަކުންނޭވެ! މިއަހަރުގެވެސް ރަމަޟާން މަހާއި ބައްދަލުކުރުމަށް ކުރާ ފުރަތަމަ ކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މަގުން، އަހުރެމެން ކުރާ އަޅުކަން ޤަބޫލުފުޅު ކުރައްވަވާނެ މަގުން ރަމަޟާން މަހާއި ބައްދަލުކުރައްވަވައި ދެއްވެވުން އެދި ދުޢާކުރުން ކަމުގައި ހަދާށެވެ!  

ރަމަޟާން މަހަކީ ކޮންމެ މުސްލިމަކަށްވެސް ރަނުގެ ޚަޒާނާއެކެވެ. އަޑިނުވެސްއެނގޭހައި ފުންމިނަށް ފީނައިގެން ހީވެސް ނުކުރެވޭހައި ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގަނެވެން އޮތް މައްސަރެކެވެ. ވީމާ ރަމަޟާން މަހާއި ބައްދަލުކުރުމަށް ވީހައި ބޮޑަށް ތައްޔާރުވަމުން ގެންދާށެވެ. އެކަން ކުރެވޭނީ މިހާރުންސުރެ ވީހައި ގިނަވަގުތު އަޅުކަމުގައި ހޭދަކުރަން މަސައްކަތްކޮށްގެންނެވެ.  

މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ!  

"ޔާ ﷲ! މިއަހަރުގެ ރަމަޟާންމަހާއި ބައްދަލުކުރުމުގެ ފުރުޞަތު ދެއްވަވާނދޭވެ! އަދި އެމައްސަރުން ޙާޞިލުކުރެވެން އޮތް ޘަވާބާއި ދަރުމަ އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރުމުގެ ތައުފީޤް ދެއްވަވާނދޭވެ! ޖަމާޢަތުގައި ނަމާދުކުރުމާއި ރޭއަޅުކަންކުރުމާއި ޤުރްއާން ކިޔެވުމާއި މިސްކިތުގައި އިޢްތިކާފަށް އިނުމުގެ ހިތްވަރު ދެއްވަވާނދޭވެ! އަދި ނިކަމެތިންނަށް ޞަދަޤާތް ކުރުމުގެ ތަނަވަސްކަންވެސް ދެއްވަވާނދޭވެ!  

އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އިނބަ ﷲ އަށެވެ! އަޅަމެންނަށް ކިތަންމެ ކުޑަނަމަވެސް ރަހްމަތެއް ލިބުންވަނީ އިނބަ ﷲ ގެ ޙަޟްރަތުންނެވެ. އިނބަ ﷲ ދެއްވެވުމުންނެވެ. އަޅަމެންނަށް ރަހްމަތް އިތުރުކުރައްވަވާނދޭވެ!" އާމީން  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް