އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 17 ސިކުންތު
އެއްވެސް ޝައްކެއްނެތް، ރޯދައިގެ ފައިދާ ރޯދައިގެ މަންފާ، އޭގެ ބޭނުންތެރިކަން އަޅުގަނޑުމެންނަށް ގުނާ ލިސްޓް ނުކުރެވޭނެ. އެހެންނަމަވެސް، ހުރިހާ ޚައިރާތެއްގެ ހުރިހާ ހެވެއްގެ ޚުލާސާއަކީ ކޮބައިތޯ. އޭގެ ޢަރަޤްކޮޅަކީ ކޮބައިތޯ. ތަޤުވާ ޙާސިލްވުން.
ޝަހާދަތުގެ ދެކަލިމަ ކިޔާ އީމާންވެ އިސްލާމްވި މީހާ ފަރުޟު ފަސް ނަމާދު ޤާއިމްކޮށް ޒަކާތްދީ ރޯދްހިފާ ޙައްޖުވެ މައިންބަފައިންނަށް އިޙްސާންތެރިވެ ރަޙިމުގެ ގުޅުން ވާސިލްކޮށް އަވަށްޓެރިކަމާއި ރަޙްމަތްތެރިކަން ދަމަހައްޓާ މުއުމިނުންގެ ޙައްޤުތައް އަދާކޮށް ދުނިޔެ އާރާސްތުކުރަނީ އާޚިރަތަށްޓަކާ. އެ މަޤްޞަދު ޙާސިލްވެއްޖެނަމަ އަޅުގަނޑުމެން މިވަނީ ރަމަޟާންމަހުގެ އަސްލު މަޤްޞަދު ޙާސިލްވެފަ.
އެހެންނަމަވެސް ހިތާމައަކީ މިމާނަ ވަރަށް ފަސޭހައިން އަޅުގަނޑުމެންގެ ހަނދާނުން ކައްސާލައިގެން އެބަދޭ. ރަމަޟާންމަސް އައީމާ އެމަންޒަރުތައްފެނޭ. ޚާއްސަކޮށް ރޯދަމަހުގެ ފުރަތަމަކޮޅު ނިމުނީމަ. ދެތިންހަތަރު ރޯދައެއް ހިފާލާ ނިމުނީމަ މެދުތެރެއަށް ދާއިރު ބައެއް މީހުންނަޑް ރަމަޟާންމަސް އެއްކޮށް ހަނދާންނެތޭ.
ލޮބުވެތި އަޚުންނާއި އުޚްތުން. މީ އަޅުގަނޑުމެން މިއަދު ދަސްކުރަންވީ މުހިއްމު ފިލާވަޅެއް. ރަމަޟާންމަހުގެ ބޭނުމަކީ، އޭގެ މަޤްޞަދާ ޙިކުމަތަކީ އަޅުގަނޑުމެންގެ ޝަހުވަތްތައް މަދުކޮށް އަޅުކަން ގިނަ ކުރުން. ޖިންސީ ޝަހުވަތްތަކާ، ކެއުމާއި ބުއިމުގެ ޝަހުވަތްތަކާއި، ކުޅިވަރާއި މަޖަލުގެ ޝަހުވަތް. އެއާ ދުރުހެލިވުން. އެ ޝަހުވަތްތައް މަދުކޮށް.
އެހެންވީމަ ރަމަޟާންމަހަކީ ރޯދަމަހަކީ ޙަރަދުތައް ކުޑަވާންޖެހޭ މައްސަރެއް. ޚަރަދުތައް ކުޑަވާންޖެހޭ މައްސަރެއް. އިސްރާފުތައް މަދުވާންޖެހޭ މައްސަރެއް.
އެހެންނަމަވެސް އަޅގަނޑުމެންނަށް ވާގޮތަކީ، އަޅުގަނޑުމެންގެ ޚަރަދު ބަރަދު އިންތިހާއަށް ބޮޑުވެގެންދަނީ. އިސްރާފު އެތައް ގުނައެއް އިތުރުވެގެންދަނީ. ސުބުޙާނަﷲ އަޅުގަނޑުމެންނަށް ވާގޮތަކީ ދުވާލު ބަނޑުހައިހޫނުކަމުގައި އުޅެންޖެހުނީމަ އިރުއޮއްސެންވާއިރު ހުންނަނީ ރުޅިގަދަވެފަ. އެހެންވީމަ ރޭގަނޑު އެއްކަލަ ބަނޑުހައިހޫނުކަމުގެ ބަދަލު ހިފާލެވެނީ. އަޅުގަނޑުމެން ދުވާލު ކަރުހިއްކީމަ ދުވާލު ބަނޑުހައިވީމަ އަޅުގަނޑުމެންނަށް ރުޅިގަދަވެވެނީ. ހިތްހަމަނުޖެހެވެނީ.
އަޅުގަނޑުމެންނަށް ބުނެވޭކަހަލަ އާންދޮގޭ، އިރުއޮއްސުނީމަ ހަދާލާގޮތް ދައްކާލާނަމޭ. އެކަހަލަ ގޮތަކަށް ބައެއްފަހަރު އަޅުގަނޑުމެންގެ ދިރިއުޅުމުން މާނަ މި ފެންނަނީ. އެކަމު އެއާ ޚިލާފަށް ކެއުމާބުއިމާ އެ ޝަހުވަތްތައް ކުޑަކޮށްލާ މަދުކޮށްލާ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުއްތަންވެ މީހާގެ ރޫޙާނިއްޔަތު ވަރުގަދަކުރެވޭ މައްސަރެއް މި މައްސަރަކީ.
އެއްވެސް ހާލެއްގައި ލުއިކޮށްތިބި ހިކިމީހުން ބަރުވެ، ބަރުކޮށްތިބިމީހުން ބަލިވާންޖެހޭ މައްސަރެއްނޫން މީކީއެއް. އެއާޚިލާފަށް ބަރު މީހުން ލުއިވެ ބަލިމީހުން ސިއްޙަތާ ޢާފިޔަތު ލިބެންޖެހޭ މައްސަރެއް. ސަބަބަކީ ރަމަޟާންމަހަކީ ރޯދައަކީ އިންސާނާގެ ސިއްޙަތާއި ޢާފިޔަތު ރައްކާތެރިކޮށްދިނުމަށްޓަކާ ދުނިޔެމަތީގައި ކުރެވޭނެ އެންމެމޮޅު، އެންމެމޮޅު މެޑިކޭޝަން ނުވަތަ ޓްރީޓްމެންޓް.
މިއަދު އަޅުގަނޑުމެންނަށް އެނގޭނެ، ޑޮކްޓަރުންގާތު އަހާލީމް އެނގޭނެ، ސޯޝަލްމީޑިއާއިން ފެނޭ، ވެސްޓަން ޤައުމުތަކުގައި ކުރިއަރާފައިވާ މީހުންގެ ތެރޭގައި އެންމެ އަޑު ހަރުކޮށް ދެކެވޭ ވާހަކައަކީ، ނުވަތަ ވަރަށްގިނަ ޢިލްމީ ދިރާސާތަކާއި ބަޔާންތައް ކުރެވެމުންދާ ވާހަކައަކީ އިންޓަމިޓަން ފާސްޓީންނޭ، ދެދުވަހުން އެއްދުވަހު ރޯދައަށް ހުރުމޭ، ނުވަތަ 8 ގަޑިއިރު ކައިފަ 16 ގަޑިއިރު ރޯދައަށް ހުރުމޭ. ސުބުޙާނަﷲ . މާތް ނަބިއްޔާ ޢަލައިހިއް ޞަލާތު ވައްސަލާމް އިސްލާމްދީން ބާވައިލެއްވުނު ދުވަހު ރަމަޟާންމަގެ ރޯދައިގެ އިތުރުން ކޮންމެ މަހަކު 3 ރޯދަ ހަފްތާއަކު 2 ރޯދަ. އަދި ކިއެއް ސުންނަތް އަޅުކަންތަކާއި ސުންނަތް ރޯދަހިފުން ޝަރުޢު ކޮށްދެއްވި.
ލޮބުވެތި އަޚުންނާއި އުޚްތުން. ބަނޑުހައިހޫނުކަން އަޅުގަނޑުމެން އިޙްސާސް ކުރަން އެބަޖެހޭ. ބަނޑުހައިހޫނުކަން އިޙްސާސްކުރަންޖެހޭ. މީހާގެ ނަފްސު އޭރުން ތަރުބިއްޔަތު ކުރެވޭނީ. ދުނިޔޭގަ ބަނޑުހައިހޫނުކަމުގައި ކާންނުލިބި އުޅޭމީހުން މަތިން ހަނދާން ކުރަންއެބަޖެހޭ. ޚާއްސްކޮށް މިއަދު އިސްލާމީ އުއްމަތުގަ، މުސްލިމުން ދުނިޔޭގެ ކަންކޮޅުތަކުގަ އެބައިމީހުންގެ ލޭ އޮހޮރި، އެބައިމީހުން ބަނޑަށްޖެހި، އެބައިމީހުންގެ ކެއުމާއި ބުއިމުން މަހްރޫމްވެފައިވާތަން ބަލައިލާފަ އަޅުގަނޑުމެންގެ ކެއުމާއިބުއިން ގިނަކުރަން ވީކީނޫން. ފިލާވަޅެއް ލިބިގަންނަންޖެހޭ.
އެހެންނަމަވެސް، ޣައްޒާގެ އަހުލުވެރިން މިއަދު އެބައިމީހުން ޤަތުލުކުރެވި ނައްތާލެވެމުން ދިޔަނަމަވެސް، އެބައިމީހުންނަށް ކެއުމާއި ބުއިމާއި ދުނިޔަވީ ހުރިހާ ޙައްޤުތަކުން މަހްރޫމްކުރެވިފައި ވީނަމަވެސް، މުސްލިމުން ދުނިޔޭގެ ކޮންމެތާކު ކޮންމެ ހާލެއްގަ ވީނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރާނެ. އެއީ ރަމަޟާންމަސް މުއުމިނުންނަށް ދަސްކޮށްދޭ ފިލާވަޅަކީ. އެބައިމީހުން ނަމާދު ޤާއިމްކޮށް ރޯދަހިފާ ޒަކާތްދީ ޙައްޖުވެ މާތް ﷲ ގެ ޝިޢާރުތަކަށް އެއްގޮތަކުން ނޫނީ އަނެއްގޮތަކުން ޢަމަލުކުރަން މަސެއްކަތް ކުރާނެ. އަޅުގަނޑުމެން މިއަދު ދަސްކުރަންވީ އެ ފިލާވަޅު.
ލޮބުވެތި އަޚުންނާއި އުޚްތުން، ސުންނަތާއި އެއްގޮތަށް ކެއުމުގެ އާދަހިފަން ވަރަށް މުހިއްމު މައްސަރެއްމީ. ބަނޑުހަ ނުވަނީސް ނުކާން. އަބަދާއިއަބަދު ކެއުމުގެ ބަދަލުގައި ދެއިރަކަށް ކެއުން ބަދަލުކޮށްލަން، ތިންއިރަކަށް ބަދަލުކޮށްލަން. ކާކަމުގައި ވާނަމަ ތިންބައިކޮށްފަ އެއްބަޔަށްވުރެ ގިނައިން ނުކެއުން .ނުވަތަ އެއަށްވުރެން މަދުން ކެއުން. އަލްއިމާމް އަޙްމަދު ރިވާ ކުރައްވާފައިވަނީ: އަލްމިޤްދާމް ބުން މާލިކަލިޕް ރަޟިޔަﷲ ޢަންހު ވިދާޅުވަނީ
(ޙަދީޘް)
އާދަމުގެ ދަރިޔާ ބަނޑަށްވުރެ ނުބައި ކަންވާރެއް އޭނާ ނުފުރައެވެ. އެއަށްވުރެ ނުބައި ކަންވާރެއް އޭނާ ނުފުރައެވެ. އެހެންވެ މިއަދު ޢިލްމީ ދިރާސާތަކުން އެނގޭ އިންސާނާގެ ބަލިމަޑުކަމުގެ އެންމެބޮޑު ސަބަބަކީ އޭނާގެ ބަނޑު. ކާބޯތަކެތި، އަދި ކިއެއް ކެންސރ މި ނުރައްކާތެރި ބަލި ޖެހުމުގެވެސް މައިގަނޑު އެއް ސަބަބެއްކަމުގައ، ކެއުމާއި ބުއިމުގައި ވިޔާނުދާވުން. ކެއުމާއި ބުއިމުގައި ސުންނަތާއި ޚިލާފުވުން. އެއީ ޝަހުވަތުތައް ކޮންޓްރޯލް ނުކުރުން އެބަ ހިމެނޭ.
އެހެންވެ ރޯދައިގެ ޢީލްމީ ފައިދާތައް، ރޯދައިގެ ދުނިޔަވީ ސިއްޙީ ފައިދާތަކުގެ ތެރޭގައި ހުރިހާ ޢިލްމުވެރިން އެއްބަސްވެލައްވާ ކަމެއް ރޯދަ ހިފުމުގެ ސަބަބުން މީހާގެ ނަފްސާނިއްޔަތު ވަރުގަދަވާކަކަން އޭނާގެ ސިއްޙަތާއި ދުޅަހެޔޮކަން އިތުރުވާކަނަ، އޭނާގެ ދިފާއީ ނިޒާމް ވަރުގަދަވާކަން، ކެންސަރ ޖެހުމުން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑުކަން ވަރަށްބޮޑު ފަރުވާއެއްކަމުގައި ދަސްކޮށްދީފަ ވަނީ.
- އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބުރާސްފަތިދުވަހުގެ ރޭ "މަރުޙަބާ ރަމަޟާން" ގެ ނަމުގައި ޑރ. އާދަމް ޝަމީމް ދެއްވި ދަރުސުން
Advertisement
3 މާޗް 2024