އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާފަކުރެވިފައިވުމަކީ ﷲ ތަޢާލާގެ ރަހްމަތަށް އެދެން ފަސްޖެހެން އޮތް ސަބަބެއް ނޫން! ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ލިބުން އެއީ ޔަޤީންކަމެއް! އިން ޝާ ﷲ

ފާފަކުރެވިފައިވުމަކީ ﷲ ތަޢާލާގެ ރަހްމަތަށް އެދެން ފަސްޖެހެން އޮތް ސަބަބެއް ނޫން! ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ލިބުން އެއީ ޔަޤީންކަމެއް! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ފާފަކުރެވިފައިވާނަމަ އެއީއަކީ އެއވެސް ޙާލެއްގައި ﷲ ތަޢާލާގެ ރަހްމަތްފުޅުން ތިމާ ބޭރުކުރައްވަވާފައިވާކަމަށް ޤަބޫލުކުރަން އޮތް ސަބަބެއް ނޫނެވެ. ﷲ ތަޢާލާއީ މީސްތަކުންނަށް އެހީތެރިވެވޮޑިގަތުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ. ކުރެވިފައިވާ ފާފަތައް ކިތަންމެ ގިނަ ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން އެއޮތީ ހުރިހާ ކަމެއް ޙައްލުވެފައެވެ. އިން ޝާ ﷲ

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ކަމެއް ދިމާވުމުން ފުރަތަމަވެސް ކަންބޮޑުވެވެނީ އެއީ ކުރެވިފައިވާ ފާފައެއްގެ ސަބަބުން ކުރިމަތިވިކަމެއް ކަމަށެވެ. އެހެންވެސް އެކަން މެދުވެރިވެދާނެއެވެ! ނަމަވެސް މުސްލިމުންނަށް އޮތީ ކަންބޮޑުވުމެއް ނޫނެވެ.

ކުރެވިފައިވާ ފާފަ ބޮޑުކަމުން ބިރުގަތުމެއް ނެތެވެ. އަދި ގިނަވެގެންވެސް ބިރުގަތުމެއް ނެތެވެ. އަދި މާޔޫސްވުމެއްނެތެވެ. ހަމައެކަނި ކުރަން އޮތީ އެންމެ ކަމެކެވެ. އެއީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމެވެ. ތައުބާވުމަށްފަހު ކޮންމެ ކަމަކަށްނަމަވެސް އެދޭށެވެ. ފުއްދަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

މީސްތަކުންނަށް އެހީތެރިވެވޮޑިގަންނަވާނެކަން އެއީ ﷲ ތަޢާލާގެ ވަޢުދުފުޅެކެވެ.

"--- އަދި، އެކަލާނގެ ތިއަބައިމީހުންނަށް ޢަފޫ ކުރެއްވެވިއެވެ. ﷲ އީ، މުއްމިންތަކުންގެ މައްޗަށް ފަޟްލްވަންތަވެރި ރަސްކަލާނގެއެވެ." އާލްއިމްރާން- 152

މިއާޔަތުން އެނގިގެން މިދަނީ ފާފަފުއްސަވައިދެއްވެވުން އެދި ދެންނެވުމުން ނުވަތަ ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެވެ. އަދި އަހަރެމެން އެދޭ ކަންކަން ހިންމަވައިދެއްވަވާނެ ކަމެވެ.

މިއާޔަތުން އެނގިގެން މިދަނީ މުއްމިނުންނަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަންނަވާނެކަމެވެ. މަދަދު ފޯރުއްވަވާނެ ކަމެވެ. ﷲ ތަޢަލާގެ ރަޙްމަތްފުޅު ލިބެމުންދާނެކަމެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅު ވަނީ އެއްވެސް އިމެއް ނެތި ފެތުރިގެންނެވެ. އެހެންކަމުން އަހަރެމެންނަށް ޙައްޤު މިންވަރަށްވުރެ މާބޮޑަށް އިތުރަށް ﷲ ތަޢާލާގެ ދީލަތި އެހީތެރިކަން އަހަރެމެންނަށް އަބަދުވެސް މިދަނީ ލިބެމުންނެވެ. ކަމަކަށް އެދި އަހަރެމެން ﷲ ތަޢާލާއަށް ދެންނެވުމުން އަބަދުވެސް މާ ބޮޑުތަން އިތުރަށް ދެއްވަވަމުން ގެންދަވާކަން އެއީ މުއްމިނުންނަށް ދީލަތިވެވޮޑިގަތުމުގައި ﷲ ތަޢާލާގެ އެއްވެސް އިމެއް ނެތްކަމުގެ ހެތްކެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް