އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޑރ. މުޢިއްޒުގެ އިރުޝާދަށް ސްޓެލްކޯއިން ދޮންއަދަރާދަ ހިނގުން އާންމުކޮށް ދުއްވޭ މަގެއްގެ ގޮތުގަ ހުޅުވާލައިފި!

ރައީސް ޑރ. މުޢިއްޒުގެ އިރުޝާދަށް ސްޓެލްކޯއިން ދޮންއަދަރާދަ ހިނގުން އާންމުކޮށް ދުއްވޭ މަގެއްގެ ގޮތުގަ ހުޅުވާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ސްޓެލްކޯގެ ބޭނުމަށް ކުރިން ބަންދުކޮސްފައި އޮތް ދޮންއަދަރާދަ ހިނގުން އާންމުކޮށް ދުއްވޭ މަގެއްގެ ގޮތުގަ ހުޅުވާލައިފިއެވެ. 

ދޮންއަދަރާދަ ހިނގުން ރަސްމީކޮށް މިރޭ ހުޅުއްވާދެއްވީ، މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން އާއި މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.  

މިކަމަށްޓަކައި މިރޭ އެސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައިސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މަގު ހުޅުވުމުގެ އިރުޝާދު ލިބިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން ކަމަށެވެ. 

"ރައްޔިތުންގެ ވިންދާއި އެއްގޮތައް އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުންގެންދަވާތީ ޝުކުރު ދަންނަވަން! އަދި މި މަގު ހުޅުވާލުމާއިއެކު، އެކަމުގެ ލުއި ފަސޭހަތައް މާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ!" ޙުސައިން ފަހުމީ ވިދާޅުވިއެވެ. 

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން  ޓްރާންސްޕޯޓް މިނިސްޓަރ އަމީން ގެ ވާހަކަފުޅުގައި ސަރުކާރުން ބަދަލުތަކެއްބޭނުން ވެގެން ކުރަމުންގެންދާ އަވަސް މަސައްކަތްތަކުގައި އެންމެ ފުރިހަމަގޮތެއްގައި އެ މަސައްކަތް ކުރައްވަމުންގެންދަވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީކަން ފާހަގަކުރެއްވިއެވެ. 

މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތް ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، ސްޓެލްކޯގެ ސަރަޙައްދާއި އިންވެގެން އޮތް ދޮންއަދަރާދަ ހިނގުން ބަންދުކޮށް، އެމަގަށް ވާގޮތަށް އިންޖީނުގެއެއް އެޅިއެވެ.

ރޯދަމަހުގެ ކުރިން މާލޭގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް އަޒުމް ކަނޑައަޅައި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތް ފަށާފައިވަނީ އަތޮޅުތެރޭ މުވައްޒަފުން ހިމެނޭހެން ވަރުގަދަ ޓީމަކާއެކު މިދިޔަ އަހަރުގެ ޑިސެމްބަރ 17 ގައެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް