އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ އިން ބާޒާރުގެ އަގުތައް ދަނީ ގަވާއިދުން މޮނިޓަރކުރަމުން: އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ

އެސްޓީއޯ އިން ބާޒާރުގެ އަގުތައް ދަނީ ގަވާއިދުން މޮނިޓަރކުރަމުން: އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

އެސްޓީއޯ އިން ބާޒާރުގެ އަގުތައް ދަނީ ގަވާއިދުން މޮނިޓަރކުރަމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާޙިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާޙިމް ވިދާޅުވީ، ރަމަޟާން މަހަށް ކުންފުނިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ދުނިޔޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވާން ފެށި ހިސާބުން ރާއްޖެއަށް އާއްމު ކާބޯތަކެތީގެ ބާވަތްތައް ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ފަށްޓަވާފައިވާކަމަށެވެ.

ރަމަޟާންމަހު ކާބޯތަކެތި ހެޔޮ އަގެއްގައި ލިބޭނެކަން ކަށަވަރުކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ. އޭގެދަށުން އިކޮނޮމިކް މިނިސްޓްރީއާއެކު މަސައްކަތްކުރައްވަމުންދާ މައި ކުންފުންޏަކީ އެސްޓީއޯއެވެ. މިގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ. އަދި އެތަކެތި ރާއްޖޭގެ މާކެޓުގައި ހުރިކަން ކަށަވަރުކުރުމާއި އަގުތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ މަސައްކަތް އެސްޓީއޯއާ ގުޅިގެން ދަނީ ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު