އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއަރ ކޯގެ ހިދުމަތާއެކު މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގެ ޤާބިލްކަން ދިވެހި އަސްކަރިއްޔާގައި ހުރިކަން ހާމަވެެގެންދާނެ: ޗީފް އޮފް ޑިފެންސް ފޯސް

އެއަރ ކޯގެ ހިދުމަތާއެކު މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގެ ޤާބިލްކަން ދިވެހި އަސްކަރިއްޔާގައި ހުރިކަން ހާމަވެެގެންދާނެ: ޗީފް އޮފް ޑިފެންސް ފޯސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

އެއަރ ކޯގެ ހިދުމަތާއެކު މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގެ ޤާބިލްކަން ދިވެހި އަސްކަރިއްޔާގައި ހުރިކަން ހާމަވެެގެންދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓު ޖެނެރަލް ޢަބްދުއްރަހީމް ޢަބުދުލަތީފް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އެއަރ ކޯރ އިފްތިތާޙުކުރުމާއި، އަންމޭންޑް އޭރިޔަލް ވެހިކަލް ސިފައިންގެ ޚިދުމަތަށް ތަޢާރަފްކުރުމުގެ ބޭއްވި ރަސްމިއްޔާތުގައި  ވާހަކަފުޅު ދައްކަވަމުން ލެފްޓިނެންޓު ޖެނެރަލް ޢަބްދުއްރަހީމް ޢަބުދުލަތީފް ވިދާޅުވީ އެއަރ ކޯގެ ހިދުމަތާއެކު ޤައުމީ ސަލާމަތަށް ވަރަށް ބޮޑު ޔަޤީންކަމަކާއި އިތުބާރެއްކަމަށާއި މިކަމުގެ ސަަބަބުން މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެކަމުގެ ޤާބިލްކަން ދިވެހިންގެ އަސްކަރިއްޔާގައި ހުރިކަން ހާމަވެެގެންދާނޭކަމަށެވެ. އަދި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

"މިއީ މިނިވަންކަމުގެ ރަމްޒުކަމުގައިވާ ރަތާއި ފެއްސާއި ހުދުގެ އައުދާނެ ދިދައަށް ވިހުރިލާން ލިބިގެންދާ ހިތްވަރާއި ބާރެއް، މިއީ ދިވެހިންނަށް ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެ ކަމާއި، ޤާބިލްކަން ދިވެހިންނާއި ދިވެހި އަސްކަރިއްޔާގައި އެބަހުރިކަން އެނގި ހާމަވެގެންދާނެކަމެއް،" ލެފްޓިނެންޓު ޖެނެރަލް ޢަބްދުއްރަހީމް ޢަބުދުލަތީފް ވިދާޅުވިއެވެ.

އެމްއެންޑީއެފް އެއަރ ކޯރ އާއި އަންމޭންޑް އޭރިއަލް ވެހިކަލް، ޔޫއޭވީގެ ޚިދުމަތް އިފްތިތާހްކޮށްދެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ