އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޭލެއާއި ހުޅުލެ، އަދި ހުޅުމާލެ ގުޅުވައިދޭ "އިންޓަރކަނެކްޝަން" ވިއުގައިގައި ހިމެނޭ ކޭބަލް މައްޗަށް ދަނގަޑުޖަހައި އިސްތިހާރު ބޯޑުތައް ބަހައްޓަން ކުރާ ކަމަކުން ލިބޭ ގެއްލުމަށް ދަޢުވާކުރާނެ!

މޭލެއާއި ހުޅުލެ، އަދި ހުޅުމާލެ ގުޅުވައިދޭ "އިންޓަރކަނެކްޝަން" ވިއުގައިގައި ހިމެނޭ ކޭބަލް މައްޗަށް ދަނގަޑުޖަހައި އިސްތިހާރު ބޯޑުތައް ބަހައްޓަން ކުރާ ކަމަކުން ލިބޭ ގެއްލުމަށް ދަޢުވާކުރާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

މޭލެއާއި ހުޅުލެ، އަދި ހުޅުމާލެ ގުޅުވައިދޭ "އިންޓަރކަނެކްޝަން" ވިއުގައިގައި ހިމެނޭ ކޭބަލް މައްޗަށް ދަނގަޑުޖަހައި އިސްތިހާރު ބޯޑުތައް ބެހެއްޓުން ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށާއި އެފަދަ ކަމެއް ކުރުމުން ލިބޭ ގެއްލުމަށް ބަދަލުހޯދަން ދަޢުވާކުރާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 

ސްޓެލްކޯގެ ނޫސްބަޔާން: 

މޭލެއާއި ހުޅުލެ، އަދި ހުޅުމާލެ ގުޅުވައިދޭ "އިންޓަރކަނެކްޝަން" ވިއުގައިގައި ހިމެނޭ ކޭބަލް މައްޗަށް ދަނގަޑުޖަހައި އިސްތިހާރު ބޯޑުތައް ބަހައްޓަމުންގެންދިއުމާއި ގުޅޭ

މިކުންފުނިން މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓާމާލޭ އިންޓަރކަނެކްޝަން ގްރިޑުގައި ހިމެނޭkV 132 ކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށާއި، އެކި ކަހަލަ ޕޯސްޓަރުތަކާއި އިސްތިހާރުތައް ޖެހުމަށްޓަކައި ދަނގަޑުފަދަ ތަކެތި ޖަހަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ދައުލަތުން ޚަރަދުކޮށް، ހަތް ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް އަޅާފައިވާ މި ވިއުގައަކީ 200 މެގަވޮޓާއި ހަމައަށް ކަރަންޓު އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ޤާބިލްކަން ލިބިފައިވާ ވިއުގައަކަށްވާއިރު، މިއީ މިވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގައެވެ. މާލޭ  އިންޖީނުގޭގައި ގާއިމްކޮށްފައިވާ kV 132 ސަބްސްޓޭޝަނުން ނިކުންނަ، މިވިއުގައިގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ އުސްފަސްގަނޑު ސަރަހައްދުންގޮސް ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ kV 132 ސަބްސްޓޭޝަނާ ހަމަޔަށެވެ. އަދި މިވަގުތު މާލެއަށް ބޭނުންވާ ކަރަންޓުގެ ބޮޑު އިންސައްތައެއްވެސް ހުޅުމާލެއިން މާލެއަށް މިވިއުގަ މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު، މި ވިއުގައަށް ގެއްލުންވެއްޖެ ނަމަ، މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެ، މިކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެއެވެ. އަދި މިއީ އެނަރޖައިޒް ކޮށްފައިވާ ވިއުގައަކަށްވުމުން، މި ވިއުގައިގައި ހިމެނޭ ކޭބަލަށް ދަނގަޑުފަދަ ތަކެތިން ގެއްލުމެއް ލިބިއްޖެނަމަ، މިއީ އެ ދަނގަޑު ޖަހާ ފަރާތުގެ ފުރާނައަށްވެސް ނުރައްކާވާނެ ހާދިސާއެއް ހިނގާފާނެ ކަމެކެވެ. މީގެ އިތުރުން މި ވިއުގައަށް ގެއްލުމެއް ލިބިއްޖެނަމަ މާލެ ސަރަޙައްދަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތައް ބުރޫއަރައި، އެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ދަތިތަކެއް ކުރިމަތިވާނެއެވެ.

މިވިއުގައިގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި މިކުންފުނިން ހިއްސާކޮށްފައިވާއިރު، މިފަދަ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކާއި، މަގުކޮނެ، އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ، މިކަންކަމަށް އިތުރު ސަމާލުކަންދީ، މިވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށްދިނުމަށާއި، ކަރަންޓުގެ ޚިދުމަތައް ބުރޫ ނާރާނެ އެންމެހާ ފިޔަވަޅުތަކެއް އަޅަމުންގެންދިއުމަށް އިލްތިމާސް ކުރަމެވެ. މީގެ އިތުރުން، މި ދެންނެވި ވިއުގައިގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް ދަނގަޑުޖަހައި ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލު ކުރަމުންދާ އެންމެހާ ފަރާތްތަކުން އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ދަންނަވަމެވެ. އަދި މިއާޚިލާފަށް އަމަލު ކުރުމުގެ ސަބަބުން އެ ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓުގެ ޚިދުމަތައް ބުރޫ އަރައިފިނަމަ އެކަމުގެ ޒިންމާވާ ފަރާތްތަކަށް ދަޢުވާކޮށް، މީގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމުގައި ދަންނަވަމެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ