އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޯތިތަކަށް އަރާފަހުރި ފެނާއި ނަރުދަމާގެ ވިއުގަތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ގޯތިތަކަށް އަރާފަހުރި ފެނާއި ނަރުދަމާގެ ވިއުގަތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ބިންވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން އަލަށް ދޫކުރި ގޯތިތަކަށް އަރާފަހުރި ފެނާއި ނަރުދަމާގެ ވިއުގަތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީއާއި، މާލޭ ވޯޓަރ އެންޑް ސުވޭޖް ކޮންޕެނީ އެމް.ޑަބްލިޔު.އެސް.ސީ ގުޅިގެން ކުރިއަށް ގެންދާ މިމަސައްކަތް ފައްޓަވާދެއްވީ އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުހައްމަދެވެ.

މީގެއިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިލަފުނި ޖަހާފައި ހުރިތަންތަނުން ވެސް މިދިޔަ ސަރުކާރުން ބިން ދީފައި ހުރިކަމަށާއި އެ ތަންތަން ރީލޯކޭޓުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ. މި މަސައްކަތުގެ ދަށުން ބިން ސާފުކޮށް އެއްވަރުކޮށް އެޗް.ޑީ.ސީއިން އިންފާރު ވަކިކޮށްދިނުމާއެކު ޕޯޓަލް މެދުވެރިކޮށް ދޭ ހުއްދައަކާއެކު އިންފާރު ވަގުތުން ރާނަން ފެށޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ