އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް އިމާރާތް ކުރުމަށް ބިން ހަވާލުކޮށްފި

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް އިމާރާތް ކުރުމަށް ބިން ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 42 ސިކުންތު

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް އިމާރާތް ކުރުމަށް އެޗްޑީސީން އިސްލާމިކް މިނިސްޓްރީއަށް މިއަދު ބިން ހަވާލުކޮށްފިއެވެ.

މިކަމާގުޅިގެން އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭގައި މިސްކިތް އިމާރާތް ކުރުމަށް ދެ ބިން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށާއި އެއީ ހުޅުމާލެ 2 އަދި 3 ގައި އިމާރާތްކުރާ މިސްކިތެއް ކަމަށެވެ.

މިސްކިތް ބިނާކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

މިސްކިތް ބިނާކުރުމަށް ހުޅުމާލޭ 2 ވަނަ ފިޔަވަހިން ދޫކޮށްފައިވަނީ 27،920 އަކަފޫޓުގެ ބިމެކެވެ. އަދި ހުޅުމާލޭ 3 ވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 21،952 އަކަފޫޓޫގެ ބިމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު