އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޙުރުން ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންކަން- ޙައިޟުގެ ދުވަސްވަރުގައިވެސް ރައްކައުތެރިކަމަށް ކިޔަވަންހުރި ސޫރަތްތައް ކިޔަވާތި!: މުފްތީ މެންކް

ސިޙުރުން ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންކަން- ޙައިޟުގެ ދުވަސްވަރުގައިވެސް ރައްކައުތެރިކަމަށް ކިޔަވަންހުރި ސޫރަތްތައް ކިޔަވާތި!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

މީހަކު ތިބާއަށް ކިތަންމެ ބޮޑު ދެރައެއް ދިން ނަމަވެސް އެމީހަކު ދެކެ ތިބާ ކިތަންމެ ވަރަކަށް ނުރުހުނަސް އެމީހަކަށް ޞިޙުރު ނުހަދާށެވެ! އަދި ނުވެސް ހައްދުވާށެވެ! އެއީ ތިބާ ދީނުން ބޭރުވެގެންދާނެކަމެކެވެ.

ބައެއް މީހުން އަނެކާގެ ރުހުން ނުވަތަ ލޯބި ހޯދުމުގެ ބޭނުމުގައިވެސް އެބަ ސިޙުރު ހައްދުވައެވެ. ވަރަށް ސާފުކޮށް މިބުނަނީއެވެ. މީހެއްގެ ރުހުން ނުވަތަ ލޯބި ހޯދަން ނަމަވެސް ސިޙުރެއް ހައްދުވައިފިނަމަ އެމީހަކު އެހުރީ ދީނުން ބޭރުވެފައެވެ. އެކަން ޔަޤީންކުރެވޭ ނުވަތަ ޘާބިތުވާ ޙަދީޘްފުޅުތައް އެބަހުއްޓެވެ.

މީސްތަކުންނޭވެ! ސިޙުރެއްގެ އަސަރުކޮށްފައިވާކަމަށް ޤަބޫލުކުރެވޭނަމަ ޝަރުޢީ ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދާށެވެ! އެކަމަކު އޭނާގެ ގާތަށް ދިއުމުގެ ކުރިންވެސް އަމިއްލައަށް ރުޤްޔާކުރާށެވެ! ޤުރްއާނުން ކިޔަވަންހުރި ސޫރަތްތައް ކިޔަވާށެވެ!

ލޮބުވެތި ކަނބަލުންނޭވެ! މައްސަރުކަންތައް ޖެހިގެން ޤުރްއާން ނުކިޔެވޭ ޙާލަތެއްގައި ހުރިނަމަވެސް 2 އިރުގެ ޛިކުރުތަކުގެ ތެރޭގައި ހިމެނޭ ރައްކައުތެރިކަމަށް ކިޔަވަންހުރި ސޫރަތްތަކާއި އާޔަތްތައް (އިޚްލާޞް، ފަލަޤް، ނާސް، ކުރުސި) 2 އިރުވެސް ކިޔަވާށެވެ.

ކިތަންމެ ކުޑަކުޑަ ކަމަކާއި ދެބަސްވިނަމަވެސް އެކަން ހަމަޖައްސަންވެސް ޞިޙުރުވެރިންގެ އެހީތެރިކަން އެބަހޯދެއެވެ. ބުނަންހެއްޔެވެ؟ ކޮންމެ ބޭނުމަކު ޞިޙުރެއް ހެދިނަމަވެސް އަދި ސިޙުރެއް ހެއްދުވިނަމަވެސް ސުވަރުގެ ވަންނަން ލިބެން އޮތް ފުރުޞަތު ނަގައިލެވެނީއެވެ. މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ.

އެފަދަ ކަމެއް ކުރެވިއްޖެނަމަ ތައުބާވާންޖެހޭނެއެވެ. އަލުން ޝަހާދަތްކިޔަންވެސް ޖެހޭނެއެވެ. އެއީ އެހައިވެސް ބޮޑުކަމެކެވެ.

ސިޙުރުގެ އުނދަގޫ ފޯރާކަމަށް ތުހުމަތުކުރެވޭނަމަ ޝިފާހޯދަން އެކްސްޓްރާ ވާޖިން އޮލިވް އޮއިލް، ޒަމްޒަމްފެން، ރޯހަނީ (އެއްވެސް އެއްޗެއް އެއްނުކުރާ ތާޒާ މާމުއި)، ކަޅުދިރިތެޔޮ ފަދަ ތަކެތި ނިތްކުރިއާއި އެނޫންވެސް ތަންތަނުގައި އުނގުޅާށެވެ. ކަޅުދިރިވެސް ބޭނުން ކުރެވިދާނެއެވެ. މިއީ ސުންނަތުން ޘާބިތުވާން ހުރި ކަންކަމެވެ.

މުފްތީ މެންކުގެ ވާހަކަފުޅަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް